ރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ޑޭ ފާހަގަކުރަމުންދަނިކޮށް ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުކުރެވިފައިވާ ޝެއިހު ފަޒްލޫނުގެ ދީނީ އިލްމްވެރިކަމުގެ ހުއްދަ ހިފައްޓާ ނަން ފާސްކުރުމާއި އަދި ތަގްރީރު ދިނުމުގެ ހުއްދަ ނަގާފާވާއިރު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ، ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރުގެ ހިފެހެއްޓުނީ ޕާސްޕޯޓެވެ. ދިވެހިރާއްޖޭގެ ހެދިފައިވާ ގާނޫނުތަކާއި ހިލާފްވެ، ރާއްޖޭގެ ރައްޔިތުން ގަބޫލުކުރުން ލާޒިމް ކުރާ އިސްލާމް ދީނަށް ފުރައްސާރަކުރި ނަމަވެސް އަދިވެސް ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އެބައޮތެވެ.
ނަން ފާސްކޮށްދިނުމަށް އެދި ގުޅުއްވާ އަޚުންނާއި އުޚްތުންގެ މަޢުލޫމާތަށްޓަކައި، އަޅުގަނޑުގެ ހުއްދަ ވަނީ ވަޤުތީގޮތުން ހިފެހެއްޓިފައި، އެހެންކަމުން ނަން ފާސްކޮށްދިނުމުގެ ހުއްދަ މިވަގުތު ނެތް. pic.twitter.com/NA86e6kSgN
— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) July 25, 2022
ޔޯގާ ޑޭގައި ހިގައިދިޔަ ހަމަނުޖެހުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ޝެއިހު ފަޒްލޫނަށް ތުހުމަތުކުރެވެނީ ނެގިފައި ހުރި ސްނެޕް ޝޮޓްތަކަކާއި އެތައް ސުވާލެއް އުފެދޭ އިންޓެލިޖެންސް ރިޕޯޓަކާއި ފުލުހުންގެ ބަޔާނެއްގެ މައްޗަށެެވެ. އެ ތުހުމަތުގައި ހައްޔަރުކޮށް އެތައް ދުވަހަކު ބަންދުގައި ބަހައްޓާފައިވަނީވެސް ހަމަ އެ ސްނެޕްޝޮޓްތަކަށް ރިޔާއަތްކޮށެވެ. އަދި އުގެނި ހުރި އިލްމްގެ މައްޗަށް ރިޔާއަތްކޮށް ދީނުގެ ދިފާއުގައި ބަޔަކަށް ކަމެއް ސާފުކޮށްދެއްވަން ކުރެއްވި މަސައްކަތްތަކަކީ ހަމަނުޖެހުން ހިންގުމަށް ލިބޭ ހިތްވަރެއްކަމަށް ތުހުމަތުކޮށެވެ. އެތައް ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކުރެވުނީވެސް ހަމަ މި ހެކިތަކުގެ މައްޗަށް ކުރި ތުހުމަތުތަކާއި ގުޅިގެންނެވެ.
ޝެއިހު ފަޒްލޫނުގެ އިތުރުން، ޝެއިހު އާދަމް ނިޝާންވެސް ހައްޔަރުކޮށް ބަންދުގައި އަދިވެސް ހުރ،ީ ހަމަ މި ހެކިތަކަށް ރިޔާއަތްކޮށެވެ.
ނާޒިމް ސައްތާރުގެ މައްޗަށް އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވި، ހައްޔަރުނުކޮށް ހުރި ނަމަވެސް އެތައް ބަޔެއްގެ ސާބިތު ހެކި އެބަހުރިއެވެ. ޝެއިހު ފަޒްލޫނު ހައްޔަރުކުރެވުނު ހެއްކާއި އެއް ފަންތީގެ ހެކި އެބަހުރިއެވެ. ހަމަ ޔޯގާޑޭގައި ހިންގި ހަމަނުޖެހުމުގެ މައްސަލައިގައި ހެކީގެ ގޮތުގައި ކަނޑައަޅާފައިވާ އެ ވިދާޅުވާފަދަ ސްނެޕްޝޮޓްތަކެވެ. ނާޒިމް ފުލުހަށް ހާޒިރު ކުރެވުނު ނަމަވެސް ހައްޔަރެއް ނުކުރެއެވެ. އެ އަމަލު ހިންގުމުގައި ބައިވެރިވީ ފަރާތްކަމަށް ބެލެވުނު ބަނގްލަދޭޝްގެ އަލަމްގިރިވެސް ވަނީ އެކަމަށް އެބަސްވެސްވެފައެވެ. ނަމަވެސް އޭނާ ފުލުހުންގެ ބަންދުގެ ދަށުގައި ހުރީ ބްލެކްމެއިލްކުރުމުގެ ތުހުމަތެއްގައެވެ. ހައްޔަރުކުރެވުނީ ވަކި ކޮން މައްސަލައެއްގައިކަމެއް ފުލުހުންނަކަށް ސާފެއް ނުކޮށްދެވުނެވެ.
ނަމަވެސް ޝެއިހުންގެ ދިޔައީ އަބުރަށް ހަޑިވެ މީހުން ދެކޭ ގޮތް ބަދަލުވެ މަޖުތަމައުގައި ހަރަކާތްތެރިވާ ހައިސިއްޔަތެއް ބުރޫ އަރާނެފަދަ ގޮތްގޮތަށް އާންމުކުރެވިގެންނެވެ.
އެހެންކަމަށް ވާނަމަ ދީނުގައި ހައްދު ކަނޑައެޅިފައިވާ ފާފަތަކަށް އަރައިގަންނަ މީހުންނަށްވުރެ ރައީސް ސޯލިހުގެ ސަރުކާރަށާއި ކަމާއި ބެހޭ އިދާރާތްތަކަށް ގޯސްވަނީ ދީނުގެ ދިފާއުގައި ނިކުންނަ ފަރާތްތައްކަން ރަނގަޅަށް ދޭހަވެއެވެ. އަދި ދިފާއު ކުރަނީވެސް ފާފަތަކައް އަރައިގަންނަ މީހުންކަން ދޭހަވެއެވެ.
ޔޯގާއަކީ އިސްލާމް ދީނާއި ހިލާފު ހަރަކާތެއްކަމަށް ބުނަމުން އައީ ދީނުގައި އެބަޔެއްގެ ބަސް ބަލައިގަތުމަށް އަންގަވާފައިވާ ދީނީ އިލްމްވެރިންނެވެ. ސަރުކާރުގެ ފަރުވާލެއް އެކަމަކަށް ނެތެވެ. ގޯސްވީ ހައްގު ގޮތް ދައްކައިދިނުމަށް މަސައްކަތްކުރި ފަރާތެވެ. ދީނުގައި ނަހީކުރެއްވި ބޮޑެތި ފާފަތައް ފާޅުގައި އަރައިގަންނަ މީހުން ހިފާ ހައްޔަރު ކުރުމުގެ ބަދަލުގައި ހައްޔަރުކުރީ ދީނީ އިލްމްވެރިންނެވެ.
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ ނާޒިމް ސައްތާރު ފިނިކޮޓަރީގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދީނާއި ރާއްޖޭގެ ގާނޫނާއި އެއްގޮތަށް ވަކާލާތުކުރެއްވުމުގެ ފާސް އަތަށް ލައިގެން އުފަލުގައި އިންނެވިއިރު، ދީނުގެ ދިފާއުގައިކަމަށް ބުނެ ނިކުންނެވި ފަރާތްތައް ޖަލު ގޮޅީއެވެ. ޝަރުތުތަކަކާއިއެކު ދޫކޮށްލެވުނު ނަމަވެސް ޝެއިހު ފަޒްލޫން އަށް އަދިވެސް އަންނަނީ ފުލުހަށް ހާޒިރުވުމަށް އަންގާ އެއްގުންތަކެވެ.
ނަމަވެސް ނާޒިމް ސައްތާރުގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ކާނަލް ނަޝީދު އަދިވެސް އެޅުނު ފިޔަވަޅެއް ނެތެވެ.
2 Responses
ނުފޫޒުން ގަދަ ބާރު ނުހިންގާނަންކަމަށް ބުނި ސަރުކާރުގަ ސިޔާސީ ކުލަ ޖެހި ތަތްތެޅިފަ
އޭނާ ނަން ފާސް ކޮށްދެނީ 500 ރުފިޔާއަށް ނަމެއްގެ ރޭޓުން. ހެޔޮ ކޮންމެ ވައްތަރެއްގެ ނަމަކަށް ވިޔަސް