ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް ޑރ.އިޔާޒް ގޮވާލައްވައިފި

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޤާއި ބާތިލް އޮޅޭފަދަ ގޮތަކަށް ރައީސް ނަޝީދު ޢަމަލުފުޅު ކުރައްވާފައިވާތީ އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ޖެހޭކަމަށް ޑރ މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ޔޯގާއަކީ ޝިރުކެއްކަން ދަންނަ ބޭކަލުންގެ އިޖުމާޢުއެއް ނެތްކަމަށާއި ވަކި ބައެއްގެ ފަލްސަފާއަކީ އިސްލާމްދީނުގެ ހުކުމެއް ކަމަށް ގަބޫލުކުރަން ދަތިކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓުކުރެއްވުމުން ރައްދުދެއްވާ ޑރ އިޔާޒް ވިދާޅުވީ ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސްނެތި، މީސްތަކުންނަށް ހައްޤާއި ބާތިލް އޮޅޭފަދަ ގޮތަކަށް ރައީށް ނަޝީދު ޢަމަލުކުރައްވާފައިވާތީ އެކަމުގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށްއެދި އިސްލާމިކް މިނިސްޓްރީއަށް ގޮވާލާފައިވެއެވެ.

ރައީސް ނަޝީދުގެ މި ޓުވީޓާއި ގުޅިގެން ދީނީ ޢިލްމުވެރިންގެ އިތުރުން އާއްމުންގެ އެތައްބައެއްގެ ނުރުހުމާއި ފާޑުކިޔުން ދަނީ ރައީސް ނަޝީދަށް އަމާޒުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: