ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ މުޒާހަރާ މާދަމާރޭވެސް އޮންނާނެ! ކުރިއެރުމެއް ނުލިބޭ، ތާއީދުނެތް މުޒާހަރާތަކެއްތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ސިލްސިލާގޮތެއްގައި ޕީޕީއެމްއިން އިސްނަގައިގެން ކުރިއަށްގެންދާ މުޒާހަރާ މާދަމާރޭވެސް ޕީޕީއެމް އޮފީސް ދޮރުމަތިން ފެށިގެންދާނެއެވެ. ޕީޕީއެމްއިން ތަކުރާރުކޮށް ބުނަމުންދަނީ ދީނާއި ޤައުމަށްޓަކާ ޖިހާދުކުރަން ނުކުންނާނެ ވާޙަކައެވެ. މިއީ ޤައުމީ ޖިހާދެއްކަމެެވެ. ހައްޔަރުކުރިއަސް ފަހަތައް ނުޖެހޭނެކަމަށެވެ. ހައްޔަރުކުރާ މީހެއްގެ ބަދަލުގައި އިތުރު ހަމީހުން ނުކުންނާނެ ވާހަކައެވެ.

މި މުޒާހަރާތަކުގެ މަޤްސަދަކީ ކޮބާ؟

ޕީޕީއެމްއިން ތަކުރާރުކޮށް ބުނަމުންދަނީ މި ޤައުމު މިވަނީ އަޅުވެތިވެފައިކަމުގައެވެ. ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ގެއްލިފައިވާކަމަށެވެ. ޤައުމުގެ މިނިވަން މުއައްސަސާތައްވަނީ އަޅުވެތި ކުރެވިފައިކަމަށެވެ. އިންސާފަކީ މި ޤައުމު ދަންނަ އެއްޗަކަށް މިހާރު ނުވާކަމަށެވެ. ޕީޕީއެމްއިން ބުނަމުންދަނީ މުޒާހަރާތަކުގެ މަޤްސަދަކީ ދީނާއި ޤައުމު ދިފާއުކުރުން ކަމުގައެވެ. ޤައުމުގައި އަޅުވެތިވެފައިވާ މުއައްސަސާތައް މިނިވަން ކުރުން ކަމުގައެވެ.

މި މުޒާހަރާގެ ތެރެއިން ޕީޕީއެމްއިންދަނީ އެ ޕާޓީގެ ޗެއާޕާސަން މުޙައްމަދު އިސްމާޢިލް ދޫކޮށްލަންވެސް ގޮވާލަމުންނެވެ. މުޙައްމަދު އިސްމާއިލްވަނީ ފްރޭމްކޮށްފާކަމަށްބުނެ އެމީހުންދަނީ ވަގުތުން ވަގުތައް އޭނާ ދޫކޮށްލުމަށްވެސް ގޮވާލާފައެވެ.

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހުން/ ފޮޓޯ: މުހައްމަދު މާހީ – ސަންގު

އުފެދޭ އެއްމެ ބޮޑު އެއް ސުވާލަކީ ސިލްސިލާ ގޮތެއްގައި ޕީޕީއެމްއިން ބާއްވަމުންދާ މި މުޒާހަރާތަކުން ކުރިއެރުމެއް އެބަ ލިބޭ ބާވަައެވެ؟ ނުވަތަ މި މުޒާހަރާތަކަށް ރައްޔިތުންގެ މާބޮޑު ތާޢީދެއް އެބްއޮތްބާވައެވެ؟

ހުއްޓުމެއްނެތި ޕީޕީއެމްއިން ކުރިއަށްގެންދާ މި މުޒާހަރަތަކަށް ނަޒަރުހިންގާލި ކޮންމެ މީހަކަށް މި ސުވާލުގެ ޖަވާބު ވަރަށް ފަސޭހަކަމާއެކު ލިބޭނެއެވެ.  ޕީޕީއެމް އިން ކުރިއަށްގެންދާ މުޒާހަރާތަކުގައި ޕީޕީއެމްގެ އިސްފަރާތްތައް ފެނިގެން ނުދިޔުމަކީ އާއްމުންގެ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ޕީޕީއެމްއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެއްގައި ޕީޕީއެމްގެ އިސްވެރިން ނުފެންނަންވީ ކީއްވެ ހެއްޔެވެ.؟

އިސްވެރިން ގޭގައި ތިބެ ސިޔާސީ މަންފާއަށް މަދު ބަޔަކު ބޭނުންކޮށްގެން ހިންގާ ހަރަކާތަކަށް މި ހަރަކާތް ވުމަކީ އެކަށީގެންވާކަމެކެވެ. ޤައުމާއި ދީނުގެ ދިފާޢުގައި ނުކުންނަ ބައެއްނަމަ އިސްވެރިން ގޭގައި ތިބެންވީ ކީއްވެހެއްޔެވެ؟ އެހެންކަމުން އެނގި ސާފުވާ ހަޤީގަތަކީ މި ހަރަކާތަކީ ސިޔާސީ ބޭނުމެއްގައި ސިޔާސީ މަންފާއެއް ހޯދުމަށް ހިންގާ ހަރަކާތެއް ކަމެވެ.

 

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން/ ފޮޓޯ: މުހައްމަދު މާހީ – ސަންގު

މުޒާހަރާގައި އާއްމުންގެ ބައިވެރިވުން ފެންނަން އޮތީ ކިހާ މިންވަރަކަށްބާ؟

ދިވެހި ދަރިއަކަށްވީތީ ޤައުމާއިދީނުގެ ދިފާއުގައި ނުކުންނަން ކެރޭނެ އެތައް ބަޔަކު ތިބޭނެކަން ޔަޤީނެވެ. ނަމަވެސް ޕީޕީއެމްގެ މުޒާހަރާތަކުން ދައްކުވައިދެނީ އެހެން މަންޒަރެކެވެ. ޕާޓީއަށްޓަކައި ނުކުމެފައިތިބި މަދު މީސްކޮޅުނޫން ބަޔަކު އެ މުޒާހަރާތަކުން ފެންނާކަށް ނެތެވެ. މުޒާހަރާގައި ބައިވެރިވާ އާއްމުންގެ އަދަދު ރެއަކަށްވުރެއް ރެއެއް ދަނީ މަދުވަމުންނެވެ. އިނގިލިން ގުނާލެވޭހާ މަދުބަޔަކާއެކު ކުރިއަށްމިގެންދާ މުޒާހަރާއަށް އާއްމުންދިނީ ބީރު ކަންފަތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޤައުމާއި ދީން އައްޑަނައަކަށް ނަގައިގެން މިއުޅެނީ ޤައުމުގެ ހަމަޖެހުން ގެއްލުވާލަންތަ؟

ތިމަންނަމެން މި ނުކުންނަނީ ޤައުމާއި ދީނުގެ ދިފާޢުގައޭ ބުން މިއުޅެނީ ސިޔާސީ މަންފާއެއް ހާސިލްކުރަން ބާއެވެ؟ ނުވަތަ ޤައުމުގައި އޮތް ހަމަޖެހުން ނަގާލަން ބާއެވެ؟މި ސުވާލުތަކުގެ ޖަވާބު ސީދާ ބުނަން ނޭނގުނަސް އެނގޭ އެއްކަމަކީ ޕީޕީއެމްގެ މި މުޒާހަރާތަކަށް އާއްމު ރައްޔިތުންގެ އެއްވެސް ޝައުޤެއް ނެތްކަމެވެ. މި މުޒާހަރާތކުގެ ސަބަބުން ޤައުމުގައި ހަމަނުޖެހުމާއި އަމަންއަމާންކަން ގެއްލުން ފިޔަވާ އިތުރު އެއްވެސް ކަމެއްވާތަނެއް ނުފެނެއެވެ.

ވަރަށް ގަދަ
44%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 44%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: