ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑޮނީޝިއާ އޮންއެރައިވަލް ވިސާ ދިވެހިންނަށް ދޭން ފަށައިފި

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑޮނީޝިއާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭންފަށައިފާވަކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެކަން ހާމަކުރައްވައި ޝާހިދު ކުރެއްވި ޓްވީޓްގައި އިންޑޮނީޝިއާގެ ފޮރިން މިނސްޓަރު ރެޓްނޯ މާސުޑީއަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ބޭރު ގައުމުތަކަށް ދަތުރުކުރާ ދިވެހިން ވަގުތު އޮއްވައި ވިސާއަށް އެދި ހުށައެޅުމަށް މީގެ ކުރިން ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންކަމުން މި ވަގުތު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ބޭނުންވާ ގައުމުތަކުގެ ވިސާ ހޯދުމުގައި ލިޔެކިޔުންތައް ފުރިހަމަކޮށް ދުރާލާ އެޕޮއިންޓްމަންޓް ހޯދާ ވިސާއަށް އެޕްލައިކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

ބޭރުގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: