ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށްވުރެ، މުޖުތަމައަށް ނުރައްކާތެރީ، އެއްޖިންސުން ގުޅުން ހިންގާ މީހުން: އަލީ ޒައިދު

ޝައިހު އަލީ ޒައިދު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގަމުންދާ ފަރާތްތައް، މުޖުތަމައުގެ ތެރޭގައި ދޫވެފައިވާތިބުމަކީ، ކޮވިޑް19ގެ ބަލިމަޑުކަމަށްވުރެ، ނުރައްކާތެރިކަމެއް ކަމަށް، ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ފިރިހެނުންތަކެއް، އަލަމްގީރު ނަމަކަށް ކިޔޭ ބަންގްލަދޭޝް ފިރިހެނަކާއި އެކު، އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ހާމަ ކުރުމާއި ގުޅިގެން، ދިވެހި މުޖުތަމައުގެ ތެރޭގައި އެޗްއައިވީ އެއިޑްސް ފަދަ ބަލިތައް ފެތުރި ގޮސްފައިއޮވެދާނެކަމުގެ ބިރުހީވެފައިވުމަށް އިޝާރާތް ކުރައްވާ، އަލީ ޒައިދު ވިދާޅުވީ، އިސްލާމް ދީނާއި ހިލާފުވެ، ލިވާތުގެ އަމަލުތައް ހިންގަމުންދާ ފަރާތްތަކަށް އަރާމުގައި ގޭގައި، ޗުއްޓީ ހޭދަ ކުރުމަށް ތިބެވިގެން ނުވާނެކަމަށެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި، އިސްލާމް ދީނުގެ އުސޫލުތަކާއި ހިލާފު، ބޮޑެތި ފާހިޝް އަމަލުތައް ގިނަވެގޮސްފައިވާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތައް، އަރާމުގައި ގޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް ފާހަގަކުރައްވާ އަލީ ޒައިދު ވިދާޅުވީ، އެފަދަ އަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވިފައިވާ ފަރާތްތަކެއްގެ މައްޗަށް އަޅަން ކަނޑައެޅިފައިވާ ފިޔަވަޅުތައް އެޅިފައިނުވާކަމަށެވެ. އަދި ލިވާތު ކުރާ ފަރާތްތަކުގެ ސަބަބުން، ކޮވިޑަށްވުރެ ބޮޑު ނުރައްކަލެއް މުޖުތަމައަށް ކުރިމަތިވެގެންދާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އެއްޖިންސުން ގުޅުން ހިންގުމުން ފެތުރޭ ބައްޔެކަމަށް ޑަބްލިއުއެޗްއޯއިން ފާހަގަކޮށްފައިވާ މަންކީ ޕޮކްސް އަދި އެއިޑްސް ފަދަ ބަލިތައް ދިވެހިރާއްޖޭގައިވެސް ފެތުރިދާނެކަމަށް ނުވަތަ ފެތުރިފައި އޮވެދާނެކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައި، އަލީ ޒައިދުވަނީ، އެ ފަދަ އަމަލުތައް ހިންގަމުންދާ ފަރާތްތައް މުޖުތަމައުގެ ތެރެއަށް ދޫވެފައި ހުރުމަކީ، ނުރައްކާތެރިކަމެއްކަމަށް ސިފަ ކުރައްވާފައިއެވެ. އެގޮތުން އެނާ ވިދާޅުވީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް އިސްލާމް ދީނުގައި ކަނޑައެލިފައިވާ އަދަބުތައް ނުދެވޭނަމަ، އެކަމުގެ ގެއްލުންތައް، ކުރިމަތިވާނީ، ދިވެހިރާއްޖޭގެ އެންމެހާ ފަރާތްތަކަށް ކަމަށެވެ.

ދިވެހިރާއްޖޭގައި ކޮވިޑް19އަށް ވުރެ، ނުރައްކާތެރި ބަލިތަކެއް ފެތުރިގެންގޮސްދާނަކަމަށް ފާހަގަކުރައްވާ ދީނީ އިލްމުވެރިޔާ އަލީ ޒައިދު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުވެސްވަނީ، ދިވެހި މުޖުތަމައުގެ ތެރޭގައި ފާހިޝް އަމަލުތައް ހިންގަމުންދާކަމަށް ފާހަގަކުރައްވާ، އެކަމަށް އަވަސް ސިއްހީ އެމަޖެންސީ ފިޔަވަޅުތަކެއް އެޅަން ޖެހިފައިވާކަމަށް ފާހަގަކުރައްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: