ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓެލް ރިޕޯޓަކީ، ފްރޭމް ރިޕޯޓަކަށް ވެގެން ނުވާނެ: ޒައިދު

ޝައިހު އަލީ ޒައިދު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ފުލުހުންގެ މުއައްސަސާއިން ހަދާ އިންޓެލިގެންސް ރިޕޯޓުތަކަކީ، ބަޔަކު މީހުން ފްރޭމް ކުރުމަށް ބޭނުން ކުރެވޭ މަގަކަށް ވެގެން ނުވާނެކަމަށް ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޔޯގާ ޑޭގެ ހަރަކާތްތައް ކުރިޔަށް ގެންދަނިކޮށް ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި އިންޓެލް ރިޕޯޓެއްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއްކޮށް ހައްޔަރު ކުރި ޝައިހު ނިޝާން ބަންދުގައި ބަހައްޓާފައި ވަނީ ރަނގަޅަށްކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ. އިންޓެލް ރިޕޯޓުގައި ޝައިހު ނިޝާންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ހުރިކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ، އަލީ ޒައިދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ އިންޓެލް ރިޕޯޓަކީ، ފްރޭމް ރިޕޯޓަކަށް ވެގެން ނުވާނެކަމަށެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ މުއައްސަސާގެ ފަރާތުން ކޯޓަށް ހުށައަޅާ، އިންޓެލިޖެންސް ރިޕޯޓުތަކަކީ ބަޔަކު ފްރޭމް ކުރުމަށް ބޭނުން ކުރެވިދާނެ އެއްޗެއް ކަމަށް ވެގެން ނުވާނެކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރައްވާ އަލީ ޒައިދު ވިދާޅުވީ ޝައިހު ނިޝާންއާއި، ޓެރަރިޒަމްއާއި ގުޅުވޭނެ ގޮތެއް ނޯންނާނެކަމަށެވެ.

ޝައިހު ނިޝާންއާއި ޓެރަރިޒަމްއަކާއި ގުޅުވޭނެ ގޮތެއް ނޯންނާނެކަމަށް ފާހަގަކުރައްވާ އަލީ ޒައިދު ވިދާޅުވީ ޔޯގާ ޑޭގެ ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް ގޮލޮޅު ދަނޑުގެ ތެރެއަށް ވަދެ ހަމަނުޖެހުންތައް ހިންގައި، “ތަޅާ ފޮޅި” މީހުންގެ ޒިންމާ، ނިޝާން އުފުއްލަވަން ޖެހޭ ކަމަށް ބުނުމަކީ ހެއްވާ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. އަދި އެނާ ވަނީ ވަގުތުން ވަގުތައް ޝައިހު ނިޝާން ހައްޔަރުން ދޫކޮށްލުމަށް ގޮވާލާފައެވެ.

ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށް، ދޫކޮށްލާފައިވާ ޝައިހު ފަޒްލޫން ވެސް ވަނީ ޝައިހު ނިޝާންގެ މައްޗަށް ކުރާ ތުހުމަތުތަކަށް ފާޑުވިދާޅުވެފައެވެ.

ޝައިހު ފަޒްލޫން ވިދާޅުވީ، ޝައިހު ނިޝާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާނީ މުންކަރާތްތައް މަނާކުރުމާއި ބެހޭ ހަދީޘް އަކާއި ގުޅުވައިކަމަށެވެ. އެހެން ނަމަވެސް ވޭތުވެ ދިޔަ ހުކުރު ދުވަހު، ހުތުބާގެ ތެރޭގައި އެންމެ ފަހުން ކިޔާފައިވަނީ އެ ހަދީޘް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: