ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިސާސްގެ ހުކުމަށް އިންކާރު ކުރުމަކީ، ގުރުއާރަށް އިންކާރު ކުރުން: އަލީ ޒައިދު

ޝެއިޚު އަލީ ޒައިދު..... ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގިސާސްގެ ހުކުމަށް އިންކާރު ކުރުމަކީ، ކުރުފުރު ކުރުންކަމަށް، ޝައިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

މާލޭގެ ގެއެއްގައި، އަނިޔާވެރިގޮތަކަށް، ޒުވާން އަންހެނަކު މަރާލާފައިފައިވުމުން، ގިސާސް ކުރުމަށް އާންމުން ގޮވާލަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގައި އެކަމަށް އިންކާރު ކުރަމުންދާ ބަޔަކު ތިބި ކަމަށް އިޝާރާތްކުރައްވާ، އަލީ ޒައިދު ވިދާޅުވީ، ގިސާސްގެ ހުކުމަކީ، އެއަށް ފާޑު ކިޔޭނެ އެއްޗެއް ނޫންކަމަށެވެ. އަދި ފާޑުކިޔޭނީ އިންސާނުންގެ ކަންކަމާއި ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ގިސާސްގެ ހުކުމަށް ފާޑުކިޔުމުގެ ހައްގެއް ލިބިގެން ނުވާކަމަށް ފާހަގަކުރައްވާ އަލީ ޒައިދު ވިދާޅުވީ، އެ ހުކުމަކީ، ބާވާލެއްވުނު އިލާހީ ހުކުމު ކަމަށެވެ. އަދި އެ ހުކުމް އިއްވަން ޖެހިއްޖެ ހާލަތެއްގައި ނުވަތަ ތަންފީޒު ކުރަންޖެހޭ ހާލަތްތަކުގައި، ތަންފީޒު ނުކުރުމުންވެސް ފާފަވެރިވާކަމަށްވެސް އަލީ ޒައިދު ފާހަގަކުރެއްވިއެވެ.

ގިސާސްގެ ހުކުމު ތަންފީޒު ނުކުރުމުންވެސް ފާފަވެރިވާކަމަށް ފާހަގަކުރައްވާ، އިތުރަށް ވާހަކަދައްކަވަމުން އަލީ ޒައިދު ވިދާޅުވީ، ގިސާސްގެ ހުކުމަށް އިންކާރު ކުރުމަކީ، ކަނޑައެޅިގެން ކުފުރުވުންކަމަށެވެ. އަދި އެ ހުކުމަށް އިންކާރު ކުރާނަމަ، އިންކާރު ކުރެވެނީ ގުރުއާނަށް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ

 

މީގެ އިތުރުންވެސް އަންހެނަކު މަރާލެވުމާއި އެކު، ކަންބޮޑުވުން ފާޅުކުރައްވާ އަލީ ޒައިދުވަނީ، ގިސާސްގެ ހުކުމް ތަންފީޒު ކުރުމާއި މެދު ވާހަކަދައްކަވާފައެވެ. އެގޮތުން، އެނާ ވިދާޅުވީ، “ގަތުލު ހުއްޓޭނީ ގަތުލު ކޮށްގެން”ކަމަށެވެ. އަދި އެ ނޫން ގޮތަކަށް މީހުން މެރުން ފަދަ ކުށްތަކަަށް އަރައިގަތުން ހުއްޓުމަކަށް ގެނެވެން ނެތްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ. އަދި މިވަގުތު ސަރުކާރުން އެފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށް ދެމުންދާ އަދަބުތަކުން އެކަށީގެންވާ ނަތީޖާތަކެއް ނުފެންނަކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: