ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިރާގުގެ ރައްޔިތުން، އެ ގައުމުގެ މަޖިލީސް ކުރާ ގެއަށް ވަދެގަނެއްޖެ!

އިރާގު ރައްޔިތުން މަޖިލީސް ކުރާ ގޭގެ ތެރޭގައި: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިރާގުގެ ރައްޔިތުންތަކެއް އެ ގައުމުގެ ބަގުދާދުގެ ހައި ސެކިއުރިޓީ ގްރީން ޒޯނުގައި ހުންނަ، މަޖިލީސް ކުރާގެއަށް ވަދެގަނެއްޖެއެވެ.

އިރާގުގެ ބޮޑު ވަޒީރުގެ މަގާމަށް ނޮމިނޭޓު ކުރެވިފައިވާ މުހައްމަދު ޝިއާ އަލް ސޫދާނީ އާއި ދެކޮޅަށް މުޒާހަރާ ކުރަމުންދާ އެ ގައުމުގެ ރައްޔިތުންވަނީ، ހަައި ސެކިއުރިޓީ ޒޯނު ބަލަހައްޓަމުންދިޔަ، އަސްކަރިއްޔާގެ މެމްބަރުންނާއި، ފުލުހުންގެ ލައިނުތައް ފޫއަޅުވާލުމަށް ފަހު، މަޖިލީސް ކުރާ ގެއަށްވަދެ، އެތަނުގައި ނަޝާ، ލަވަކިއުންފަދަ ކަންކަންކޮށްފައިކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ބަގުދާދުގެ ހައި ސެކިއުރިޓީ ގްރީން ޒޯނުގައި، މަޖިލީސް ކުރާ ގޭގެ އިތުރުން، ގިނަ އަދަދެއްގެ ސަރުކާރުގެ އެހެނިހެން އިމާރާތްތައްވެސް ހުރެއެވެ. މުހައްމަދު ޝިއާ އަލް ސޫދާނީ އާއި ދެކޮޅަށް، މުޒާހަރާކުރަމުންދާ އިރާގުގެ ރައްޔިތުން ތުހުމަތު ކުރާގޮތުން، މުހައްމަދު ޝިއާ އަލް ސޫދާނީ ބޮޑު ވަޒީރުކަމަށް ކަނޑައެޅިފައިވަނީ، އީރާނުގެ ނުފޫޒު އޮވެގެންނެވެ.

ބަގުދާދުގެ ހައި ސެކިއުރިޓީ ޒޯނު ބަލަހައްޓަމުންދާ އަސްކަރިއްޔާ އަދި ފުލުހުންވަނީ، މަޖިލީސްކުރާ ގެއަށް ވަންނަން މަސައްކަތްކުރި، މުޒާހަރާގެ ބައިވެރިން އެ އިމާރާތައް ވަނުން ހުއްޓުވަން ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން، އަސްކަރިއްޔާއިން މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ގިނަ އަދަދެއްގެ ކަރުނަ ގޭސް ކެނިސްޓަރުތަކާއި ހައި ޕްރެޝަރު ފެންބަޑީގެ ބޭނުން ބޭނުންކޮށްފައިވީ ނަމަވެސް، އެ މީހުންވަނީ ފަސްޖެހުމެއްނެތި، ފުލުހުންނާއި، ސިފައިންގެ ސަފުތައް ފޫއަޅުވާލައި، މަޖިލީސް ކުރާ އިމާރާތައް ވަދެގަނެފައެވެ.

މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުން، އިރާގުގެ މަޖިލީސް ކުރާ ގެއަށް ވަދެފައިވާ މުޒާހަރާގެ ބައިވެރިންނަކީ، އެ ގައުމުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ފަރާތްތަކެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދާ ގޮތުން، އެ ގައުމުގެ ސަރުކާރާއި ހަވާލުވާ ފަރާތްތަކުގެ ކިބައިން، ގިނަ އަދަދެއްގެ ކޮރަޕްޝަންގެ އަމަލުތައް ފެނިފައިވެއެވެ. އެހެން ކަމުން، މިހާރު ހިންގަމުންދާ ސުލްހަވެރި އިހުތިޖާޖްތައް ކުރިއަށް ގެންދާނެކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

އިރާނުގެ ނުފޫޒުގެ ދަށުން ކަނޑައެޅިފައިވާ މީހެއްކަމަށް ބުނެ، ބޮޑު ވަޒީރުގެ މަގާމަށް ނޮމިނޭޓުކުރެވިފައިވާ މުހައްމަދު ޝިއާ އަލް ސޫދާނީ އާއި ދެކޮޅަށް މުޒާހަރާކޮށް، ބަގުދާދުގެ ހައި ސެކިއުރިޓީ ގްރީން ޒޯނުގައި ހުންނަ، މަޖިލީސް ކުރާ ގެއަށް ވަދެގަނެފައިވާ އިރާގުގެ ރައްޔިތުންވަނީ، އެ އިމާރާތު ތެރޭގައި ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެެ. އެހެން ނަމަވެސް އެ ފަރާތްތަކުގެ ތާއީދު އޮންނަ، ސިޔާސީ ލީޑަރެއްކަމަށްވާ މުޤްތަދާ އަލް ސަދުރު ސުލްހަވެރިކަމާއި އެކު އެ އިމާރާތް ދޫކޮށްލައި ގޭގެއަށް އަނބުރާ ދިއުމަށް މުޒާހަރާގެ ބައިވެރިންނަށް އިލްތިމާޒު ކުރުމާއި ގުޅިގެން، މަޖިލީސް ކުރާ ގޭގައި ތިބި ފަރާތްތައްވަނީ ސުލްހަވެރިކަމާއި އެކު، އެތަން ދޫކޮށް، ނުކުމެގެން ގޮސްފައެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، މި ހާދިސާއިން، ރައްޔިތުންގެ މައްޗަށް މުޤްތަދާ އަލް ސަދުރުގެ ނުފޫޒު އޮތް ވަރު ސާފުވާކަމަށެވެ. އަދި މުހައްމަދު ޝިއާ އަލް ސޫދާނީ އެ ގައުމުގެ ބޮޑު ވަޒީރުކަމާއި ހަވާލުވެހުރެ، ސަރުކާރެއް އެކުލަވާލައިފިނަމަ، އެ ގައުމުގެ ތެރޭގައި ހަމަނުޖުންތައް ހިނގާފާނެ މިންގަނޑު ފެނިގެންދާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: