ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ތާއީދު މައުމޫނަށް

ރައީސް މުހައްމަދު ނަޝީދާއި، ރައީސް މައުމޫން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ހުދުމުހުތާރު ވެރިއެއްކަމަށް ސިފަކުރައްވައި އެމަނިކުފާނު ވެރިކަމުން ބޭލުމަށް ގަދައަޅައި މަސައްކަތްކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޯގާގެ މިނިވަންކަމާއި ގުޅޭ މައްސަލައިގައި މައުމޫނަށް ތާއީދު ކުރައްވައިފިއެވެ.

އެމްއާރުއެމް އިން ޔޯގާ އާއި ގުޅުވައި އާއްމުކުރި ބަޔާނަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމުގައި ނަޝީދުވަނީ ވިދާޅުވެފައެވެ. އެމްއާރުއެމްގެ ބަޔާނުގައި ވާ ގޮތުން ދީނީ ކަންކަމުގައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ހިޔާލުތަފާތުވުމާއި ކަންބޮޑުވުން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ދީނީ ނަޒަރުން ރައުޔުތައް ނެރޭ ކަމަށާއި އެފަދަ ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާއި އެކަށޭނެ ދިރާސާ އަކަށްވުރެ އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުޔަކަށް ވެފައިވާކަމަށް ވަނީ ބުނެފައެވެ.

ޔޯގާ ފަދަ ސިއްހީ ނުވަތަ ނަފްސާނީ ދުޅަހެޔޮކަން ބަދަހި ކޮށް ވަރުގަދަ ކުރުމަށްޓަކައި ކުރާ ކަސްރަތުތަކާއި ލަވަކިޔުމާއި މިއުޒިކް ކުޅުން ފަދަކަންކަމަކީ ހަރާމް ކަމެއް ކަމުގައި ބުނެވެން ނެތްކަމަށްވެސް އެމްއާރު އެމް އިން ނެރުނު  ބަޔާނުގައި ބުނެފައިވެއެވެ.

ޔޯގާ އާއި މެދު ރައީސް ނަޝީދު ދާދި ފަހުން ޝޯސަލް މީޑިއާގައި ޔޯގާ އަކީ ޝިރުކެއް ކަމުގައި ދަންނަ ބޭކަލުންގެ އިޖްމާއެއް ނެތް ކަމަށާއި ވަކި ބައެއްގެ ފަލްސަފާ އަކީ ދީނީ ހުކުމެއް ކަމަށް ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވުމާއި ގުޅިގެން ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވަނީ ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަށް އިސްލާމިކް މިނިސްޓްރީއަށް ގޮވާލާފައެވެ.

ޔޯގާ އާއި މެދު ރައީސް މައުމޫންގެ ރައުޔަށް ތާއީދު ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު  ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން 104 އިލްމުވެރިއަކު ހިމެނޭހެން ޔޯގާ ހަރާމްކަމަށް ބުނެ ދީނީ ރައުޔެއް ނެރެފައެވެ. އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އިންވެސް ވަނީ ޔޯގާ އަކީ ޝިރުކެއްކަމަށް ބުނެފައެވެ.

ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި  އާންމުން އަދި ދީނީ ގިނަ އިލްމުވެރިންތަކަކާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މި ހަރަކާތް ވަނީ ރާއްޖޭގައި ކުރިއަށް ގެންދަމުން ދަނިކޮށް އާންމުގެ ބަޔަކު، ހަރަކާތް ކުރިއަށް ގެންދިޔަ ގަލޮޅު ދަނޑަށް ވަދެގަނެ ހުއްޓުވާ، ހަމަނުޖެހުން ހިންގާފައެވެ. މިކަމާއި ގުޅިގެން ސަރުކާރުން ދަނީ ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅާ، ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

އެގޮތުން ޔޯގާ ޑޭގައި ހިގައިދިޔަ ހަމަނުޖެހުމާއި ގުޅިގެން ވަނީ 24 މީހަކު ހައްޔަރުވެސް ކުރެވިފައެވެ. ނަމަވެސް މިއަށްވުރެ މާ ބޮޑެތި މައްސަލަތައް ރާއްޖޭގައި ފެންމަތިވަމުންދާއިރުވެސް ސަރުކާރުން ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: