ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑީއާގެ މީޑިއާތަކުން ބުނިހެން، ރައީސް ސާލިހު އޯގަސްޓު މަހު އެ ގައުމަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ މަޝްވަރާތަކެއް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާތާ، ދެ ހަފްތާފަހުން ރައީސް އޮފީހުން އެކަން ކަށަވަރުކޮށްދީފިއެވެ.

ރައީސް އޮފީހުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ރައީސް ސާލިހު އިންޑިއާއަށް ވަޑައިގަތުމަށް ނިންމާފައިވަނީ ކުރިއަށް އޮތް އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މަނިކުފާނު މި ދަތުރު ކުރައްވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރަސްމީ ދަތުރެއްގެ ގޮތަށްކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޯގަސްޓު މަހުގެ އެއްވަނަ ދުވަހު ރައީސް ސާލިހު އިންޑިއާއަށް ވަޑައިގަންނަވަނީ، ދެގައުމުގެ ގުޅުން ބަދަހި ކުރުމަށާއި، ރާއްޖޭގެ ތަރައްގީއަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން އެ ގައުމުގެ އިސްވެރިންތަކަކާއި ބައްދަލު ކުރެއްވުމަށްކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ. މި ދަތުރުގައި، ރައީސް ސާލިހާއި އެކު، ދިވެހިރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ.

ޖުލައި މަހުގެ މެދު ތެރެއިން އިންޑިއާގެ މީޑިއާއަކުންވަނި ރައީސް ސާލިހު އޯގަސްޓު މަހުގެ ކުރީކޮޅު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައވާކަމަށް ރިޕޯޓުކޮށްފައެވެ. އަދި ރައީސް ސާލިހު އިންޑިއާއަށް ވަޑައިގަންނަވަނީ، ސިޔާސީ މަޝްވަރާތަކެއް ކުރައްވަންކަމަށާއި، ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމާއި، ދެގައުމުގެ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލި އަޅުވާ މަޝްވަރާ ކުރެވިގެންދާނެކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ސިޔާސީ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްޓަކައި، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާއަށް ވަޑައިގަތުމަށް ކަނޑައެޅިފައިވާކަމަށް އިންޑީއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރަސްމީ ގޮތުން ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އެންމެ ފަހުން އިންޑިއާއަށް ދަތުރު ކުރެއްވީ 2018 ވަނަ އަހަރުގެ ޑިސްމްބަރުގައެވެ. 2018 ވަނަ އަހަރުގެ ތެރޭގައި އެ މަނިކުފާނު އިންޑިއާއަށް ކުރެއްވި އެ ދަތުރަކީ، ވެރިކަން ލިބިވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި ދަތުރެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ސާލިހު އަދި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން އިންޑިއާއަށް ދިއުމަށް ކަނޑައެޅިފައިވާކަމަށް ރައީސް އޮފީހުން އިއުލާނުކޮށްފައިވާއިރު، އިދިިކޮޅު ކޮންގްރެސް ކޯލިޝަނުންދަނީ، ދިވެހިރާއްޖެ އިންޑިއާގެ ނުފޫޒުގެ ދަށުވެ އަޅުވެތިވެފައިވާކަމަށްބުނެ ތުހުމަތުތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: