ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ‘ވެރިން’ އެ މަނިކުފާނަށް އިތުބާރެއް ނުކުރޭ: ސައީދު

ރައީސް ސޯލިހު އަދި މާވަށު ދާއިރާ މެމްބަރު ސައީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ، “ވެރިން” ގޮތަށް ތިބި ފަރާތްތަކަށްވެސް އެ މަނިކުފާނަކީ، ސަލާމަތްކުރެވެން ނެތް ބޭފުޅެއްކަން އިނގިލައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު އިންޑިއާގެ ބޮޑު ވަޒީރުގެ ދައުވަތަކަށް ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ހިމެނޭހެން އެ ގައުމަށް ވަޑައިގަންނަވަން ނިންމާފައިވާކަމަށް އާންމުކޮށްފައިވާ ދަނޑިވަޅެއްގައި، ދިވެހިރާއްޖޭގެ މާލީ ހާލަތަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، ރައީސް ސާލިހުގެ މައްޗަށް ތިބި ފަރާތްތައް، އެ މަނިކުފާނަށް އިތުބާރެއް ނުކުރައްވާނެކަމަށެވެ. އަދި އެ މަނިކުފާނަކީ، ހުރި ހާލުން ސަލާމަތްކުރުމެއް ނެތް ފަރާތެއްކަންވެސް “ވެރިންނަށް” އިނގިލައްވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ މައްޗަށް އިތުރު “ވެރިން”ތަކެއް ތިބިކަމަށާއި، އެ މަނިކުފާނަށް އެ ބަޔަކުގެ އިތުބާރެއް ނެތްކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ރައީސް ސާލިހުގެ “ނޭއްގާނީކަން” ދަންނަކަމަށެވެ. އަދި ޓެކްސް ބޮޑު ކުރުމާއި ގުޅޭގޮތުން އައިއެމްއެފްއިން ނެރިފައިވާ ބަޔާނުގައިވާ ބައެއް ކަންކަމަށް އެނާ އިޝާރާތްކުރެއްވިއެވެ.

ރައީސް ސާލިހަކީ، “ނޭއްގާނީ” ބޭފުޅެއްކަމަށް ދުނިޔޭގެ މުއައްސަސާތަކަށްވެސް ފާހަގަކުރެވިފައިވާނެކަމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރުގައި 6 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަމަށެވެ. އަދި ދިވެހިރާއްޖޭގެ ދަރަނީގެ އަދަދު 100 ބިލިއަނަށްވުރެ، މައްޗަށް އަރައިގެން ގޮސްފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުން ދިވެހިރާއްޖެ ދަރަނިވެރި ކުރުވާފައިވާކަމަށް ސިފަކުރައްވާ ސައީދު ވިދާޅުވީ،  އެ މަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ކަންކަމަށް ކުރައްވަމުންދާ ހަރަދުތައް ކުރެވިފައިވަނީ ރިކޯޑު އަދަދަކަށް ކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިހާބަށް ކުރާނެ ހަރަދުތަކުގެ ސަބަބުން، އިންފްލޭޝަން މައްޗަށްދާނެކަމަށް އައިއެމްއެފްއިން ބުނެފައިވާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ރައީސް ސާލިހު ސިޔާސީ ކަންކަމަށް ކުރައްވަމުންދާ ހަރަދުތަކުން، އިންފްލޭޝަންވެސް މައްޗަށް ގޮސްފައިވާކަމަށެވެ.

2023ގެ ރިޔާސީ އިންތިހާބަށް ކުރާނެ ހަރަދުތަކުން ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދާނެކަމަށް އައިއެމްއިން ބުނި ބުނުމަށް އިޝާރާތްކުރައްވާ، ރައީސް ސާލިހު ކުރައްވާ ސިޔާސީ ހަރަދުތަކުންވެސް، އިންފްލޭޝަން މައްޗަށް ގޮސްފައިވާނެކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުގައި، ކޮރަޕްޝަންގެ އަމަލުތައްވެސް ހިންގަމުންދާކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ފޫބެއްދުމުގެ ގޮތުންވެސް ހަރަދުތަކެއް ކުރައްވަމުންދާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހަށް އެ މަނިކުފާނުގެ “ވެރިން” އިތުބާރު ނުކުރައްވާކަމަށާއި، އެ މަނިކުފާނުވަނީ ދިވެހިރާއްޖެ ދަރަނިވެރިކުރުވާފައިކަމަށް ސައީދު ސިފަ ކުރައްވިއިރު، ދިވެހިރާއްޖެއަށް ދަތުރުކޮށް ހެދި ރީސާޗެއްގައި އައިއެމްއިން ބުނެފައިވަނީ، ދުނިޔޭގެ ކާބޯތަކެތީގެ އަގުތަކަށް އަންނަމުންދާ ބަދަލުތަކާއި، 2023 ގެ ރިޔާސީ އިންތިހާބަށް ކުރާ ހަރަދުތަކުން އިންފްލޭޝަން މައްޗަށް ގޮސްދާނެކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ހާލަތުވެސް ދަށްވެދާނެކަމަށް އައިއެމްއެފްއިން ލަފާކޮށްފަވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: