ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އުޅެނީ އެއްޖިންސުން ގުޅުން ހިންގުމަށް ވަކާލާތު ކުރާ ފަރާތްތަކުގެ ތާއީދު ހޯދަން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ، އެއްޖިންސުން ގުޅުން ހިންގުމަށް ވަކާލާތު ކުރާ ފަރާތްތަކުގެ ތާއީދު ހޯއްދަވަންކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަލަމްގީރު ނަމަކަށް ކިޔޭ ބަންގްލަދޭޝް ފިރިހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޮ މަޝްހޫރު ލޯޔަރު ނާޒިމް ސައްތާރުގެ އިތުރުން ދެ މީހަކު ހައްޔަރު ކުރުމުން، ރައީސް ނަޝީދު އެކަމާއި ނުރުހުން ފާޅުކޮށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ތުހުމަތުތަކެއް ކުރެއްވުމާއި ގުޅިގެން، ޝިޔާމްވަނީ ރައީސް ނަޝީދަށް ރައްދު ދެއްވާފައިއެވެ. އެނާ ވިދާޅުވީ، ރައީސް ނަޝީދު އިންގިރޭސިން ޓްވީޓް ކުރެއްވީ އެފަދަ އަމަލުތައް ހިންގުމަށް މަގުފަހިކޮށް، ވަކާލާތުކުރަމުންދާ ފަރާތްތަކުގެ ތާއީދު ހޯއްދެވުމަށްކަމަށެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ސޯޝަލް މީޑިއާގައި އިންގިރޭސިން ވާހަކަދެއްކެވުމުން އެ މަނިކުފާނު ވަކި މަގުސަދެއް ހާސިލު ކުރެއްވުމަށް މަސައްކަތްކުރައްވަމުންދާކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގުމަކީ އިންސާނީ ހައްގެއް ކަމަށް ވަކާލާތު ކުރާ ފަރާތްތަކުގެ ތާއީދު ހޯއްދެވުމެގެ އިތުރުން، ރާއްޖޭގެ ދީނީ އިލްމުވެރިންނަކީ، ހަރުކަށި ފިކުރުގެ ބައެއް ކަމަށް ބޭރު ދުނިޔެއަށް ދެއްކުމަށްވެސް ރައީސް ނަޝީދު މަސައްކަތްކުރައްވަމުންދާކަމަށެވެ.

ފާހިޝް އަމަލުތަކެއް ހިންގި މައްސަލައިގައި ރައީސް ނަޝީދު ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރެވުމާއި ގުޅިގެން، އެ މަނިކުފާނުވަނީ ރައީސް ސާލިހު އަދި ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުވަނީ ނާޒިމް ސައްތާރު ހައްޔަރު ކުރެވުނީ، އެނާ އަކީ، އެ މަނިކުފާނުގެ ކޮއްކޮއަށްވުމުން ކަމަށް ސިފަވާ މޭރުމަކުން ވާހަކަދައްކަވާފައެއްވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން އެކަން ކުރެއްވީ، ގާނޫނާއި ހިލާފަށްކަމަށާއި، ނާޒިމް ހައްޔަރު ކުރުމުގެ ފަހަތުގައި ސިޔާސީ ގޮތުން ވަރުގަދަ، ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުންވެސް ހިމެނޭކަމަށް ރައީސް ނަޝީދުވަނީ ފާހަގަކުރައްވާފައިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރު ކުރެވިފައިވަނީ، ހައްޔަރު ކުރުމަށް ފުލުހުންގެ އޮޕަރޭޝަނެއް ހިނގަމުންދާކަމަށް މައުލޫމާތު ލިބިގެން، ފިލުމަށް ރިސޯޓަކަށް ގޮސް ހުއްޓާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި، ހައްޔަރު ކުރެވިފައިވާ ނާޒިމް ދިފާއު ކުރައްވަމުން ދިއުމާއި ގުޅިގެން، ރައީސް ނަޝިދަށް އާންމުން އަދި ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: