ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ރުޅި ފަޅައިގެންދަންދެންވެސް، ނާޒިމް ހުރި މިނިވަންކަންމަތީ: ޑރ ޖަމީލު

ރައީސް ނަޝީދު އަދި ޑރ.ޖަމީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންގެ ރުޅިވެރިކަން ފަޅައިގެންދާންދެންވެސް، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހުރީ، މިނިވަނކަންމަތީކަމަށް ކަމަށް، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން، އެއްޖިންސުން ގުޅުން ހިންގަމުންދާކަން، އާންމުވެ، އެކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި ބަލިމަޑުކަމެއް ފެތުރިފައި އޮވެދާނެކަމުގެ ބިރު ހީވެފައިވަނިކޮށް، ނާޒިމް ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދު ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒު ކުރުމާއި ގުޅިގެން، ޖަމީލު ވިދާޅުވީ، ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ހައްޔަރު ކުރުން ލަސްވެސް ވެއްޖެކަމަށެވެ. އަދި އެކަން ކުރީ، ރައްޔިތުންގެ ރުޅިވެރިކަން ފަޅައިގެންދިއުމުންކަމަށްވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ތިން މީހަކު ހިމެނޭހެން ރައީސް ނަޝީދު ކޮއްކޮ، ނާޒިމް ހައްޔަރު ކުރެވުމާއި ގުޅިގެން، ރައީސް ސާލިހުގެ ސަރުކާރުން އެކަން ކުރެއްވީ، ނާޒިމަކީ، އެ މަނިކުފާނުގެ ކޮއްކޮއަށްވުމުން ކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވެފައިވުމަށް ރައްދު ދެއްވައި، ޖަމީލު ވިދާޅުވީ، ރައީސް ނަޝީދު އަދިވެސް، ނާޒިމް ދިފާއު ކުރައްވަމުންދާކަމަށެވެ. އަދި ރައީސް ނަޝީދު ތުހުމަތު ކުރައްވާ ގޮތުން، ނާޒިމް ހައްޔަރު ކުރެވިފައިވަނީ، ކޯލިޝަންގައި ހިމެނޭ ދީނީ ފަރާތްތަކެއް ހިތް ރުއްސުމަށްކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖަމީލްވަނީ، ދީނީ އިލްމުވެރިން ހައްޔަރު ކުރުމުން، ރައީސް ނަޝީދު އިލްމުވެރިން ދިފާއު ނުކުރައްވާކަން ފާހަގަކުރައްވާފައިއެވެ. އެގޮތުން ޖަމީލު ވިދާޅުވީ، އިލްމުވެރިން ހައްޔަރު ކުރެވިފައިވަނީ، ހަގީގަތެއް ނެތް ތުހުމަތުތަކެއްކޮށްގެން ނަމަވެސް، ރައީސް ނަޝީދު އެ ފަރާތްތަކުގެ ދިފާއުގައި ވަކާލާތު ނުކުރައްވާކަމަށެވެ.

ނާޒިމް ސައްތާރު ހައްޔަރު ކުރި މައްސަލައިގައި، ރައީސް ނަޝީދު ސަރުކާރަށް އަމާޒު ކުރެއްވި ތުހުމަތުތަކަށް ޖަމީލުގެ އިތުރުން އާންމުނާއި، އެހެނިހެން ސިޔާސީ އިސްވެރިންގެ ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރައީސް ނަޝީދު، އުޅުއްވަނީ، އެއްޖިންސުން ގުޅުން ހިންގުމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އެހީ އާއި ތާއީދު ހޯއްދެވުމަަށްކަމަށެވެ. އަދި ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިފައިވާކަމަށް ދެއްކުމަށްވެސް އެ މަނިކުފާނު މަސައްކަތްކުރައްވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ފިރިހެނަކާއިއެކު، އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި، ނާޒިމް ސައްތާރު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އެނާ ރިސޯޓެއްގައި ހުއްޓާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ. މީޑިއާތަކުން ބުނާގޮތުން، އެނާ ރިސޯޓަކަށް ގޮސްފައިވަނީ، ފުލުހުންނަށް ފިލުމުގެ މަގުސަދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: