ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗާއި އާއި ފްލެޓަށް އެދި މިހާތަނަށް 74000 މީހުން ފޯމް ހުށައަޅައިފި

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން މިސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި މިހާތަނަށް 74000 އަށް ވުރެ ގިނަ މީހުން ފޯމް ހުށައަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީ އިން ބުނެފިއެވެ.

މާލޭ ރައްޔިތުންނަށް ދޫކުރާ 5000 ގޯތީގެ ތެރެއިން 3000 ގޯއްޗާއި 4000 ފްލެޓަށް ކުރިމަތި ލުމަށް ހުޅުވާލީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ.

ފްލެޓާއި ގޯއްޗަށް ފޯމް ހުށައެޅުމަށް ހުޅުވާލި ދެ ސްކީމްގެ ތެރެއިން ބިންވެރިޔާ ސްކީމަކީ ހަމައެކަނި މާލޭ މީހުންނަށް ހާއްސަކޮށްގެން ހުޅުވާލި ސްކީމެކެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހަްދުން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލި އުސޫލުގައިވާ ގޮތގައި ފޯމް ހުށައަޅާއިރު އެކަކަށް ވުރެ ގިނަމީހުން އެކީގައި ފޮމް ހުށައެޅޭނެއެވެ.

އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށައަޅާ ޖޮއިންޓް އެޕްލިކޭޝަންތަކުގައި ހުށައަޅާ މީހާގެ އިތުރުން ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓް ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. އެގޮތުން 7 މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަންގައި ބައިވެރިވާނަމަ އެ އެޕްލިކޭޝަނަަށް ޖުމްލަ 4000 އަކަފޫޓޫގެ ބިމެއް ލިބޭނެ ކަމުގައި ގެދޮރުވެރިޔާގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ގޯއްޗަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ތަކުގެ ތެރޭގައި މާލޭ ރައްޔިތެއް ކަމުގައި ވުމާއި އުމުރުން 18 އަހަރު ފުރިހަމަ ވެފައި ވުމާއި މާލެ ސަރަހައްދުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނެތުމާއި ނުވަތަ އެފަދަ ތަނެއް ރަޖިސްޓްރީ ވެފައިވާނަމަ އެތަނެއް ސަރުކާރަށް ދޫކޮށްލަން ޖެހެއެވެ.

އަދި އެމީހަކީ މީގެ ކުރިން ސަރުކާރުން ދޫކޮށްފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމެއްގައި ހިމެނިފައި ނުވުމާއި، ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުމާއި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން މީހަކަށް ދީފައި ނުވަތަ ވިއްކާފައިވާ ފަރާތަކަށް ނުވުމަކީ ވެސް ބޯހިޔާވަހިކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މާލެ ރައްޔިތުންނަށް އެކަނި މާލެއިން ގޯއްޗަށް އެދި ހުށައެޅޭ ގޮތަށް ހުޅުވާލާފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅުކޮށްފައެވެ.

މާލެ މީހުންނަށް އެކަނި ގޯއްޗަށް އެދި ހުށައެޅުނު ނަމަވެސް މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނަށް ފްލެޓަށް އެދި ފޯމް ހުށައެޅޭނެ އެވެ.

ފްލެޓަށް ކުރިމަތިލާ ފަރާތްތަކާއި ބެހޭ އުސޫލުގައިވާ ގޮތުން މާލޭ ރައްވެއްސެއްގެ ގޮތުގައި 15 އަހަރުވެފައިވާ ފަރާތްތަކާއި އަދި މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތްތަކަށް ފްލެޓް ސްކީމަށް ކުރިމަތި ލެވޭނެއެވެ.

އެފަރާތްތަކުން ފޯމް ހުށައަޅާއިރު މާލޭގައި ދިރިއުޅޭތާ 15 އަހަރު ވީކަމުގެ ލިޔުން ފޯމާ އެކު ހުށައަޅަންޖެހެއެވެ.

ސަރުކާރުގެ ފަރާތުން މާލެއިން ބިމާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އެ މުއްދަތުގެ ކުރިން ގެދޮރުވެރިކަން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށައެޅޭނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: