ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިވާތުކުރި މީހުން ހައްޔަރުކުރުމުގެ ތަޢުރީފު ޢިމްރާނަށް ކުރާނަމަ، ޝެއިހުން ހައްޔަރުކުރުމުގެ ޒިންމާވެސް ޢިމްރާނުގެ ބޮލުގައި އަޅުވާ: ޝެއިހު ފަޒްލޫނު

ޝެއިހު ފަޒްލޫން މުހައްމަދު / ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ލިވާތުކުރި މީހުން ހައްޔަރުކުރުމުގެ ތަޢުރީފު ޝެއިހު ޢިމްރާނަށް ކުރާނަމަ، ޔޯގާ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ޝެއިހުންނާއި ޔޯގާއައި ދެކޮޅަށް ނިކުތް ފަރާތްތަށް ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކުރަން އެދުމުގެ ޒިންމާވެސް ޢިމްރާނުގެ ބޮލުގައި އަޅުވުމަށް އެ މައްސަލާގައި ހައްޔަރުކޮށް، ދޫކޮށްލާފައިވާ ޝެއިހު ފަޒްލޫނު މުހައްމަދު އެދިއްޖެއެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ، ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި އަދި ހަމަ އެ ތުހުމަތުކުރެވުނު ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުސް އޮފިސަރަކު ހައްޔަރުކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަީ އެކަމުގެ ތައުރީފު ހޯމް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ އިމްރާނަށް ކުރަމުންނެވެ. އަދި ހައްޔަރުކުރެވުމާއިއެކު ޓްވީޓެއްކުރައްވާ އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވަނީ މުޑުދާރު އަމަލު ހިންގާ މީހުންނާއިމެދު ގާނޫނުން ފިޔަވަޅު އެޅުމަށް ފުލުހުން ފަސް ނުޖެހޭކަން އެ ބޭފުޅާ އަބަދުވެސް ކަށަވަރުކުރަންކަމަށެވެ. ނަމަވެސް ޖިނާއީ އަދުލުގެ ނިޒާމަކީ އެކަނި ފުލުހުންގެ އަތްމަތީގައި އޮތްކަމެއް ނޫންކަމަށާއި، ނިޒާމުގައި ހިމެނޭ އެންމެން ﷲ އަށް ބިރުވެތިވެ ފުރިހަމަ ޒިންމާ އަދާކުރަންޖެހޭކަމަށެވެ.

މިކަމާއި ގުޅިގެން ޓްވީޓެއްކުރައްވާ ޝެއިހު ފަޒްލޫނު ވިދާޅުވެފައިވަނީ ލިވާތުކުރި މީހުން ހައްޔަރުކުރުމުގެ ތަޢުރީފު ޢިމްރާނަށް ކުރާނަމަ، ޔޯގާގެ މައްސަލައާއި ގުޅިގެން އޭނާ އަދި ޝެއިޚް ނިޝާން އާއި ޔޯގާއައި ދެކޮޅަށް ނިކުތް ފަރާތްތަށް ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކުރަން އެދުމުގެ ޒިންމާވެސް އަޅުވަންޖެހޭނީ ޢިމްރާނުގެ ބޮލުގައިކަމަށެވެ.

ޖޫން މަހުގެ 21 ވަނަ ދުވަހު ދިވެހިރާއްޖޭގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމާއި ގުޅިގެން އާންމު ރައްޔިތުންނާއި އަދި ގިނަ އިލްމްވެރިން ވަނީ އެ ހަރަކާތާއި ދެކޮޅަށް އަޑުއުުލާ އިހުތިޖާޖްކޮށްފައެވެ. ޔޯގާ ދުވަސް ފާހަގަކުރަމުން ގެންދިޔަ ގަލޮޅު ދަނޑަށް ބަޔަކު ވަދެގަނީ ކުއްލިގޮތަކަށެވެ. ޔޯގާޑޭ ފާހަގަކުރަމުން ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލަ ސރުކާރުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަަލަމުންނެވެ.

އެގޮތުން މި މައްސަލަ އާއި ގުޅިގެން ވަނީ ޖުމްލަ 24 މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން މައްސަލައާއި ގުޅިގެން ދީނީ އިލްމްވެރިން ހައްޔަރުކުރެވިގެން ދިޔުމުގެ ސަބަބުން މިނިސްޓާ އިމްރާން އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ރާއްޖޭގައި ކުރިމަތިވާ އެހެން މައްސަލަތަކާއި ހިލާފަށް، ޔޯގާ ޑޭގެ ހަމަނުޖެހުމުގެ މައްސަލަ އާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅާ، މިފަދަ ގޮތަކަށް ތަހުގީގު ފަށާ ގިނަ ބަޔަކު ހައްޔަރުކުރެވިގެން ދިޔުމުގެ ސަބަބުން މިކަންތައް ގިނަ ބަޔަކު ސިފަކުރަމުން އައިީ ބަޔަކަށް މަންޒަރުތަކެއް ދެއްކުމަށްޓަކައި ކުރަމުންދާކަމެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޢިމްރާނު ޝެއިޚުން ހައްޔަރު ކުރީ މަޖުބޫރުވެގެން ދެން ހައްދަވާނެ އެހެން ގޮތެއް ނެތިގެން ކަމުގައި އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. ނަމަވެސް އެއީ ލާދީނީ މީހުންގެ ބަހަށް ހެއްލިގެނެއް ނޫނެވެ. ޢިމްރާނު ކޮންމެ ގޮތެއްގައިވެސް އެ މަޤާމުގައި ހުންނަން އެބަޖެހެއެވެ. ސަބަބަކީ ދެން އެމަޤާމަށް އަންނާނީ އަނެއް ފިކުރުގެ މީހަކަށް ވާތީއެވެ. އެއިރުން ލިބޭ ދެރަ މާ ބޮޑުވާނެއެވެ. އެއްޖިންސުން ގުޅުން ހިންގި މީހުންގެ “ޕްރިންސް” ހައްޔަރު ކުރެވިގެން އެދިޔައީ ޢިމްރާނު އެ މަޤާމުގައި ހިފެހެއްޓީތީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: