ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ އެޅުނު ޒިނޭގެ ތުހުމަތާއި އެކު އިސްތިއުފާ ދޭން ޖެހޭ: އިދިކޮޅު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޒިނޭ ކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް އެމްޑީޕީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވާ ވިދާޅުވުމުގެ ޙަޤީޤަތް ހޯދާ އެކަމުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކުރުމަށް އިދިކޮޅުން ގޮވާލައިފި އެވެ.

ރައީސް ސޯލިހަށް ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެތައް ބަޔަކު ހިމާޔަތް ކުރުމަށް ފަހު ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ އެއްޖިންސުން ގުޅުން ހިންގިކަމަށް ބުނެ ހައްޔަރު ކުރި ސަބަބު މެދު ރައީސް އަރިހުން ސުވާލު ކުރަން ބޭނުންވާ ކަމަށެވެ.

ކޮއްކޮގެ ދިފާއުގައި އިއްޔެ ޓުވީޓެއް ކުރެއްވުމަށް ފަހު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ ޔޫކޭއަށް ލޭންޑު ކުރި ވަގުތު ރައީސް ސޯލިހު އަންހެން ކުއްޖަކާއި އެކު ބަދުއަހުލާގީ އަމަލުތައް ހިންގާ ހަތަރު ފޮޓޯއެއް ލިބިފައިވާކަމަށާއި އެ ފުލުހަށް ހުށަހަޅާނެކަމަށެވެ. އެފަދަ އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ގޮވާލުމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ތެދު ވާހަކަތަކެއްކަމަށާއި އެބޭފުޅުން ބޭނުންވާނަމަ ގުރޫޕަށް ފޮޓޯތައް ލާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ތުހުމަތުތައް ސަރުކާރުން ދޮގު ކުރެ އެވެ. އަދި މިރޭ ގުރޫޕުގައި ދެކެވުނު ހުރިހާ ވާހަކަަތަކެއް ވަނީ ލީކުވެފަ އެވެ. މި މައްސަލައިގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ މި މައްސަލައިގައި ކުރެވޭ ތުހުމަތުތަކުގެ ތެދު ދޮގު ދިވެހި ރައްޔިތުންނަށް އެނގެން ބޭނުންވާނެތީ، އެމައްސަލައިގެ ފުރިހަމަ ތަޙުޤީޤެއް މިހާރުން މިހާރަށް ހިންގުމަށް ދައުލަތުގެ މުއައްސަސާތަކަށް ޚާއްޞަކޮށް ދިވެހި ފުލުހުންގެ ޚިދުމަތަށް ގޮވާލާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަޙީޤީޤަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގާ ތަޙުޤީޤަކަށް ހެދުމަށްޓަކައި، ވަގުތީ ގޮތުންނަމަވެސް ތަޙުޤީޤު ނިމެންދެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަދި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދުވެސް މަޤާމުން އެކަހެރިވުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން މިވަރުގެ ބޮޑު ތުޙުމަތެއް ދައުލަތުގެ އެންމެ މަތީ ވެރިންގެ ތެރެއިން ވެރިއަކު ކުރެއްވުމަކީ ތަރުޖަމާނު މެދުވެރިކޮށް ބަރީއަވާންވީ ވަގުތެއް ނޫން ކަމަށާއި މިކަމުން ބަރީއަވުމަށްޓަކައި ފުރިހަމަ މިނިވަން ތަޙުޤީޤަކަށް ފުރުޞަތު ދެއްވަން ޖެހޭ ކަމަށް އިދިކޮޅުގެ ބަޔާނުގައި ގޮވާލާފައިވެ

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ޔާމީނަށް އެޅުނު ބޮޑު ސިންގާހާ ވައްކަމުގެ ތުހުމަތުގައި ޔާމީނުވެސް ވަގުތުން އިސްތިއުފާދިނެވެ.

  2. ނުޖެހޭ ހަމަ ތުހުމަތެއް ކުރާއިރަށް އިސްތިއުފާ ދޭންޖެހޭނަމަ ވެރިޔަކު ހުވާކުރާތާ ފަސްދުވަހުން ފަސްދުވަހުން ވެރިޔަކު ހޮވަންޖެހޭނެތާ.

  3. ބަޔަކުކުރާ ތުހުމަތަކަށް ހައްޔަރުވެސް ކުރަނީ. ރައީސްކަމުގެ މަގާމްގައި ހުރެ ތަހުގީގަށް ނުފޫޒު ފޯރުވާނެ. ގަޓުހުރިއްޔާ އިސްތިއުފާދީ. މިކަމުގައި މެޑަމް ފަޒުނާގެ ބަހެއް ހޯދާނީ ކޮންނޫހަކުންބާ!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: