ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ދިފާއުގައި ކަނޑިނެގުމަކީ މުނާފިޤްކަން ނޫން ކޮންކަމެއްބާ: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަށް ގިނަ ތުހުމަތުތަކެއް ކުރެވިގެންދާ މި ދަނޑިވަޅުގައި އެމްޑީޕީގެ ބައެއް މެންބަރު އެމަނިކުފާނުގެ ދިފާއުގައި ނިކުންނެވުމަކީ މުނާފިގުކަން ނޫން ކޮންކަމެއްތޯ ކުރީ ސަރުކާރުގެ ނައިބު ރައީސްކަން ކުރެއްވި ޑރ މުހައްމަދު ޖަމީލް އަހުމަދު ސުވާލުއުފައްދަވާފިއެވެ.

އެމްޑީޕީގެ ވަޓްސް އެޕް ގުރޫޕުގައި ރޭ ދެކެވުނު ވާހަކައެއްގައި، އެ ޕާޓީގެ ރައީސް އަދި ރައީސް ސާލިހުގެ ގާތް އެކުވެރިއެއްކަމަށް އަބަދުވެސް ބުނާ ރައީސް ވަނީ ރައީސް ސާލިހުގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފައެވެ. އަދި ހަމައެއާއިއެކު މަޖިލީޙުގެ ނައިބު، ރައީސް ނަޝީދުގެ ކޮށްކޯފުޅު އީވާ އަބްދުﷲ ވެސް ވަނީ ރާބޮއެ ޒިނޭ ކުރުމަކީ ރައީސް ސާލިހު ނުކުރައްވާ ކަމެއްތޯ ސުވާލުކުރައްވާފައެވެ. އަދި މިކަމާއި ގުޅިގެން ރައީސް ސާލިހުގެ ދިފާއުގައި ނިކުންނެވި ފަރާތްތަކުގެ ބޮލުގައިވެސް ރައީސް ނަޝީދު ވަނީ ބޮޑެތި ތުހުމަތުތަކެއް އަޅުވާފައެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާތީ ނޫންކަމަށް ފާހަގަކޮށް މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރައީސް ސާލިހުގެ ބޮލުގައި އެ ތުހުމަތު އަޅުވާ އެމަނިކުފާނާއި ގުޅުވާ އެ ވާހަކަތައް އެ ދައްކަނީ އެމަނިކުފާނު އެނގޭނެ މީހަކުކަމަށާއި އެބޭފުޅުން ބޮޑުވީއެކުގައިކަމަށެވެ. މިހާތަނަށް އެހެން ސިޔާސީ ލީޑަރުންގެ މައްޗަށް ތުހުމަތުތައް ކުރުން ދީނީ ގޮތުން އޯކޭކަމަށް ފާހަގަކޮށް ޖަމީލް ވަނީ އެމްޑީޕީ އެނގިތިބެ ރައީސް ސާލިހުގެ ދިފާއުގައި ކަނޑިނެގިމަކީ މުނާފިގުކަން ނޫން ކޮންކަމެއްތޯ ސުވާލުއުފައްދަވާފައެވެ.

ބެލެވޭ ގޮތުގައި ޖަމީލް މިހެން ވިދާޅުވެފައި މިވަނީރައީސް ސާލިހާއި ގާތް، އެކުވެރި ބޭފުޅަކުރައީސް ސާލިހަށް ބޮޑު ތުހުމަތެއް ކުރެއްވުމުން ރައީސް ސާލިހުގެ ދިފާއުގައި އެމްޑީޕީގެ މެންބަރުން ނިކުންނަވާ ވާހަކަދެއްކުމުގެ ސަބަބުންނެވެ.

ރައީސް ސޯލިހުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލުތައް ހިންގާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި އެ ފޮޓޯތައް ފުލުހަށް ފޮނުވާނެ ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ރައްދު ދެއްވި އެވެ. އަދި ކޮއްކޮ ހައްޔަރު ކުރުމުން އެކަމާއި ގަޒުބާތުގައި ޖެހި، ކޮންޓްރޯލުން ނެއްޓިފައިވާކަމަށް ވިދާޅުވި އެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ ރައީސް ނަޝީދުގެ ކޮށްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމާއި ގުޅިގެން ނާޒިމްގެ ދިފާއުގައި އެމްޑީޕީގެ ބައެއް މެމްބަރުން ޓުވީޓު ކުރަމުން ދާއިރު، އީވާ ވެސް ވަނީ އެމްޑީޕީގެ ގުރޫޕެއްގައި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އީވާ ވިދާޅުވީ މީހުން ހަމައެކަނި ހައްޔަރު ކުރަނީ ޒިނޭކޮށް، ރާބޯ މަންޒަރު ވީޑިއޯތަކަށް އަރައި އެ ލީކުވުމުންތޯ ހިތަށް އަރާ ކަމަށެވެ.

އެމްޑީޕީގެ ތެރެ ހޫނުވެ ހަލަބޮލި ވެގެން ދިޔައީ ނާޒިމް ސައްތާރު ހައްޔަރުކުރމާއި ގުޅިގެން ރައީސް ނަޝީދު ނާޒިމްގެ ދިފާއުގައި ނިކުންނަވާ ސަރުކާރަށް ފާޑު ވިދާޅުވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތުހުމަތޭ ވެސް ކިޔާނީ ތުހުމަތެއް ކުރެވޭކަހަލަ އެއްޗެއް ފެނިގެންދޯ، މީހަކު ހަމަ ހުރެފަ ބުނާ ކޮންމެ އެއްޗެއް ތިޔަހެން ބަލަންވެއްޖެއްޔާ، ޔާމީނާ ރުބެލް އަދީބާ ފާތުމަ، އަފުރާޝީމު މެރި ކުދިންނާ ޔާމީނޭ ކިޔައިގެން ދެއްކި ހުރިހާ ވާހަކައެއް ބަލަންވީދޯ؟؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: