ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާގެ ރޮކެޓްތަކުގެ ކޮންޓްރޯލް ގެއްލި ދުނިޔެއަށް ވެއްޓެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއިން ޖައްވަށް ފޮނުވާލި ރޮކެޓެއް ކޮންޓްރޯލް ގެއްލި ދުނިޔެއަށް ވެއްޓެމުން ދާކަމަށް ބޭރުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.

ދުނިޔެއަށް ވެއްޓޭ ރޮކެޓްތަކަކީ ޗައިނާގެ ޓީއަންގޮންގް ސްޕޭސް ސްޓޭޝަނަށް ވެންޓިއަން މޮޑިއުލް ފޯރުކޮށްދިނުމަށް ޖުލައި 24 ވަނަ ދުވަހު ލޯންޗުކުރި ލޯންގް މާޗް 5ބީ އެވެ.

އެއަރޮސްޕޭސް ކޯޕަރޭޝަނުން ބުނިގޮތުގައި ޗައިނާއިން ފޮނުވާލި ރޮކެޓްގައި ގާތްގަނޑަކަށް 22 މެޓްރިކްޓަނު (ގާތްގަނޑަކަށް 48،000 ޕައުންޑު) ގެ ބަރުދަން ހުންނާނެއެވެ. ދުނިޔޭގެ ޖައްވަށް އެ ރޮކެޓްގެ ބައިތައް ވެއޓޭނެ ކަމަށް ލަފާކުރެވެނީ މި ޖުލައި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ގަޑިން ހަވީރު 4 ޖަހާއިރެވެ.

އެއަރޮސްޕޭސް އިން ބުނެފައިވާ ގޮތުން މިބައިތައް ވެއްޓޭނީ ސީދާ ކޮންތަނަކަށް ކަމެއް ބުނަން އަދި އަވސް ކަމަށާއި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ވެސް ވެއްޓުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރެވޭ ކަމުގައެވެ. އެގޮތުން އޭޝިޔާ، އެފްރިކާ ނުވަތަ އުތުރު އެމެރިކާގެ މައްޗަށް ވެއްޓިދާނެ ކަމަށް ލަފާކުރެވޭ ކަމުގައި އެއަރޮސްޕޭސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ޖައްވުން ވެއްޓޭ އެއްޗެއް މީހެއްގެ ގައިގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެކަމުގެ ސަބަބަކީ ދުނިޔޭގެ ބޮޑުބައެއް ކަނޑުގެ ގޮތުގައި ވާތީ އެވެ.

ޗައިނާ އިން ގާއުމްކުރާ ޖައްވީ ސްޓޭޝަން ކަމަށްވާ ޓިއަންހޭ ސްޕޭސް ސްޓޭޝަންގެ ފުރަތަމަ މޮޑިއުލް ލޯންޗްކުރުމަށް މިދިޔަ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު ފޮނުވާލި އުޅަނދުވެސް ވަނީ ދުނިޔެއަށް ވެއްޓިފައެވެ.  އެ ރޮކެޓްގެ ބައިތައް ވެއްޓުނީ ރާއްޖޭގެ ހުޅަނގުން ފ އަތޮޅުގެ ތަށްތަކާއި ގާތަށެވެ. އެއީ މިދިޔަ އަަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުއެވެ.

ލޯންގް މާޗް ފައިވް ރޮކެޓް ވަނީ ޖައްވީ ސްޓޭޝަން ގެ ފުރަތަމަ މޮޑިއުލް ކާމިޔާބުކަމާއެކު ގެންގޮސްފައެވެ. ނަމަވެސް ރޮކެޓްގެ ކޮންޓްރޯލް ގެއްލި ދުނިޔޭގެ ވައިގެ ފަށަލައަށް އަލުން ވަނުމާއެކު ގޮވައި ކުދިކުދިވެ އޭގެ ބައިތަށް ބިމަށް ފޭބީއެވެ.

އެކަމާއި ގުޅިގެން ނާސާއިން ނެރުނު ބަޔާނުގައި ބުނެފަިއވަނީ ޖައްވީ އުޅަނދުތައް އެނބުރި ދުނިޔެއަށް އަންނައިރު އޭގެ ސަބަބުން މީހުންނަށާއި މުދަލަށް ގެއްލުން ނުވާނެ ހެން އަމަލު ކުރަންޖެހޭ ކަމަށާިއ އެފަދަ އުޅަނދުތައް ފޮނުވައި ގެނެސް ހަދާ ގައުމުތަކުން އެފަދަ ކަންކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޖައްވީ ޕްރޮގްރާމްތައް ހިންގަންވާނީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ކަމަށް ނާސާގެ ބަޔާނުގައި ބުނެފައިވެއެވެ.

2019 ވަނަ އަހަރުތެރޭގައި ވެސް ވަނީ ރޮކެޓެއްގެ ބައިތަކެއް ދުނިޔެއަށް ވެއްޓިފައެވެ.

އެފަހަރު ރޮކެޓްގެ ބައިތައް ވެއްޓުނީ އެފްރިކާގެ އައިވަރީ ކޯސްޓަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 40%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: