ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ މެމްބަރުންތަކެއް ގާނޫނާއި ހިލާފު ވަމުންދާކަން އެނގޭ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބަޔަކު، ދިވެހިރާއްޖޭގެ ގާނޫނޫނާއި ހިލާފު އަމަލުތަކެއް ހިންގަމުންދާކަން އެނގިލައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުމާއި ގުޅިގެން، ނުރުހުން ފާޅުކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އިސް ސަފުގައި ތިބި ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ލިޔެކިއުމެއް އެކުލަވާލަން އެ މަނިކުފާނު އެދިލައްވާކަމަށެވެ. އަދި އެ ލިޔެކިއުމުގެ ތެރޭގައި އެ މަނިކުފާނު ކުރައްވާފައިވާކަމަށް ތުހުމަތު ކުރެވޭ ގާނޫނާއި ހިލާފު ކަންކަންވެސް ހިމެނުމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާނޫނާއި ހިލާފު ނުވަތަ، ދިވެހިރާއްޖޭގައި ބަލައި ނުގަނެވޭނެ ފަދަ އަމަލުތަކެއް އެމްޑީޕީގެ މެމްބަރުން ހިންގާ ނަމަ، އެކަމުގެ ލިސްޓެއް އެކުލަވާލަން ފެންނަކަމަށް އިޝާރާތްކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، ގާނޫނާއި ހިލާފު އަމަލުތައް ހިންގަމުންދާކަން އެ މަނިކުފާނަށް އިންގިލައްވާ ބޭފުޅުންގެ ވާހަކަތައް ހާމަކުރުމަށް އެ މަނިކުފާނު ގަސްތުކުރައްވާކަމަށެވެ. އަދި އެ ލިސްޓުގައި، ރާބޮމުންދާ ފަރާތްތަކާއި، މީހުންނާއި އިންދެގެން ތިބެ، ޒިނޭ ކުރާ ފަރާތްތަކާއި، އެކި ކަންކަމުގައި ރިޝްވަތު ނަގާ ފަރާތްތަކުގެ ނަންތައްވެސް ޝާމިލު ކުރުމަށް ގަސްތު ކުރައްވާކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އަލަމްގީރު ނަމަކަށް ކިޔާ ބަންގްލަދޭޝް ފިރިހެނަކާއިއެކު، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރެވުމާއި ގުޅިގެން، އެ މަނިކުފާނުވަނީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށްވެސް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އިންގިރޭސި ވިލާތައް ވަޑައިގެން ހުންނަވާ ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހު ޒިނޭ ކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯއެއް އެ މަނިކުފާނަށް ލިބިފައިވާކަމަށެވެ.

ރައީސް ސާލިހު މިހަކާއި އިނދެގެން ހުންނަވައި، ޒިނޭ ކުރަމުންދާކަމަށް ތުހުމަތު ކުރައްވާ، އުފެދުން ކޯޅުންގަނޑުގެ ތެރޭގައި އެ މަނިކުފާނުގެ އާއިލީ ބޭފުޅެއްކަމަށްވާ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވަނީ، ރައީސް ސާލިހު ރާ ނުބޮއެތޯ ސުވާލު ކުރައްވާފައެވެ. އެކަމަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނަކީ، ރައީސް ސާލިހު ކުޅެން ގެންގުޅޭ ބުޅަލެއް ނޫންކަމަށެވެ. އަދި ރައީސް ސާލިހު ރާބޮނިކޮށް ވީޑިއޯ ހުރިކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 69%ހައިރާންވެއްޖެ 6%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: