ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުގައި އޮތް 4 ގަނޑު ފޮޓޯ ދައްކަން ބުނުމުން ރައީސް ނަޝީދު ބޮނދައިފި!

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާ ޒިނޭ ކުރާ 4 ފޮޓޯއެއް ލިބިފައިވާކަމަށާއި، އެ ފޮޓޯތައް ފުލުހަށް ފޮނުވަން ވީތޯއާއި އެޕޮޓޯތައް ލީކުކޮށްލަންވީތޯ ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް މުހައްމަދު ނަޝީދު ގިނަ މެސެޖުތަކެއް ފޮނުއްވުމާއެކު އެ ޕޮޓޯތައް ރައީސް ނަޝީދު އަތުގައި ހުރިނަމަ ލީކުކޮށްލަން ބުނި ނަމަވެސް އެކަން ކުރުމަށް ފަސްޖެހި ރައީސް ނަޝީދު ބޮނދައިފިއެވެ.

އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕެއްގެ ތެރޭ ރައީސް ޞާލިހުގެ އިސްތަށިފުޅުގައި މިފަދަ ބޮޑު ތުހުމަތުތަކެއް އެޅުވުމާއެކު އެމްޑީޕީގެ ގިނަ މެންބަރުންގެ ނުރުހުން ނަޝީދުއަށް އަމާޒުވިއެވެ.

މި މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް ރޮޒެއިނާ ވެސް ވަނީ ރައީސް ނަޝީދުގެ އަތުގައި ފޮޓޯތައް ހުރިނަމަ ފޮޓޯތައް ލާންވީކަމަށް ވިދާޅުވެފަ އެވެ. ރައީސް ނަޝީދާއި އެގޮތަށް ވާހަކަ ނުދެއްކޭނެކަމަށް ބުނެ ބައެއް މީހުން ކުރި ކޮމެންޓުތަކުގެ ރައްދުގައި ރޮޒެއިނާ ވިދާޅުވީ ފޮޓޯތައް ގުރޫޕަށް ލާން ބުނުމުން، އެ ލާން ނުކުރިގެން އުޅެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ރައީސް ނަޝީދު ހައްދަވާ ދޮގު މި ރާއްޖޭގެ އެންމެނަށް ވެސް އެނގޭނެކަމަށް ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމުން ކޮއްކޮ ހައްޔަރު ކުރުމުން އެހެންމީހުންނަށް އޭގެ ރުޅި އަމާޒު ކުރަން ނުޖެހޭ ކަމަށެވެ.

“ބަލަ ފޮޓޯ ލާށޭ ބުނީމަ ކީއްވެތަ ނަޝީދަށް ފޮޓޯ ލާން ނުކެރިގެން އުޅެނީ.. އެއީ ނެތީމަ… ތި އިންސާނާ ހަދާ ދޮގު ނޭނގޭ އިންސާނެއް މި ރާއްޖޭގައި ނެތް… ލިވާތުކޮށްގެން ކޮއްކޮ ހައްޔަރު ކުރީމަ އެހެން މީހުންނަށް ކޮން ވަރެއްތަ ތި ބާލަނީ…؟ ހުރިއްޔާ ހުރި ވީޑިއޯ އާއި ފޮޓޯއެއް ލާބަލަ” ރޮޒެއިނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ތުހުމަތުތަކަށް ރައްދު ދެއްވައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވިދާޅުވީ، ދިމާވި ހާލަތާއި މެދު ހަމްދަރުދީވާކަމަށާއި އަދި އަމިއްލަ ކޮއްކޯފުޅު މިފަދަ މައްސަލައެއްގައި ހައްޔަރު ކުރުމުން ޖަޒުބާތުގައި ޖެހިވަޑައިގެން ހުންނަވާނެކަން ވެސް ގަބޫލު ކުރައްވާ ކަމަށެވެ. ނަމަވެސް މިއީ އެމްޑީޕީގެ ރަސްމީ މުއާމަލާތްތައް ކުރެވޭ ގުރޫޕެއްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދު ކުރެއްވީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްކަމަށާއި، ވަރަށް އަދަބުވެރިކަމާއި އެކު އެކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.

ފައްޔާޒް ވަނީ ރައީސް ނަޝީދުގެ އަތުގައި ހެކި ނުވަތަ އެއްވެސް ފޮޓޯއެއް ހުރިނަމަ ވީހާވެސް އަވަހަށް އެ މައްސަލައެއް ފުލުހަށް ނުވަތަ ކަމާއި ބެހޭ އިދާރާތްތަކަށް ހުށަހަޅަން އެދޭ ކަމަށެވެ. ނަމަވެސް ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ ފަޔާގެ ފެންވަރުން ކަންކަމާއި ވާހަކަ ދެއްކުމަށް އެދޭ ކަމަށެވެ. އަދި ފައްޔާޒަކީ އެމަނިކުފާނަށް ނަސޭހަތް ދެވޭ ފެންވަރުގެ ބޭފުޅެއް ނޫންކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މެސެޖުތަކަށް ނުވަތަ އެ ވާހަކަތަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ޕާޓީގެ ރައީސް ވިޔަސް، ނުވަތަ އިސް ލީޑަރަށް ވެސް އެފަދަ ވާހަކަތަކެއް އަމާޒުކޮށް ވަހަކަ ދެއްކުމުގެ ފުރުސަތެއް ނުދެއްވާނެކަމަށެވެ.

ސަރުކާރުން ވަނީ ރައީސް ނަޝީދުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.

ގިނަ އަދަދެއްގެ ދިވެހިންނާއި އެކު އެއްޖިންސުން ގުޅުން ހިންގުމަށް ފަހު އެ މީހުންނަށް ބްލެކްމެއިލް ކުރި މައްސަލައިގައި 25 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ އަލަމްގިރި ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ނާޒިމް އާއި، މަޖިލީހުގެ ނޮޅިވަރަން ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތައް ލީކުވުމުންނެވެ.

އެ މައްސަލައިގައި އަލަމްގިރިއާއި، ނާޒިމް، ކާނަލް ނަޝީދު އަދި ފުލުސް އޮފިސަރު ހައްޔަރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފަ އެވެ.

ކޮއްކޮގެ ދިފާއުގައި އިއްޔެ ޓުވީޓެއް ކުރެއްވުމަށް ފަހު މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖުތަކެއްގައި ރައީސް ނަޝީދު ވިދާޅުވީ އަލްމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތޭރޭގައި ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހިމެނޭކަމަށާއި، އެ ވީޑިއޯ އޭނާގެ އަނބިކަބަލުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ޑިލިޓު ކުރުވި ވާހަކައަކީ ތެދެއްތޯ ސުވާލު ކުރައްވާފަ އެވެ.

ރައީސް ޞާލިހުގެ ފޮޓޯތަކެއް ހުރިކަމަށް ރައީސް ނަޝީދު ބުނިނަމަވެސް އެ ފޮޓޯތައް ގުރޫޕަށް ލާން ނުކެރުމުން ނަޝީދަށް ގިނަ ބައެއްގެ މަލާމާތާއި ރައީސް ނަޝީދަކީ ދޮގުވެރިއެއްކަމަށް ގިނަ ބަޔަކު ޗޯޝަލް މީޑިއާގައި ދަނީ ބުނަމުންނެވެ.

ވަރަށް ގަދަ
16%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 52%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 4%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. މީގެ އަހަރުތަކެއް ކުރިން ފެރިދޫ ފިރިހެނެއްގެ ފޫކޮޅަށް އަތްލައިގެން ނާޒިމް ގައިގައި ތަޅައިވެސް ގަތް. އެއީ މާލެއިމް މާޅޮހަށް ކުރި ދަތުރެއްގަ ނާޒިމް ހިންގާލިކަމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: