ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ތިލަފަތް ހަމަހަމަވާނެކަން ރައީސް ޞާލިހު ދައްކުވައިދީފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި މީހަކަށް ވަކި ކުލަޔަކަށް، ވަކި އާއިލާއަކަށް ބެލުމެއްނެތި ހަމަހަމަކަމާއެކު އިންސާފް ޤާއިމުކޮށްދިނުމަށް ރައީސުލް ޖުމަހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ކުރައްވާ މަސައްކަތްޕުޅުން އެނގިގެންދަނީ އެމްޑީޕީގެ ތިލފަތް ހަމަހަމަވާނެކަން ކަމުގައި ގިނަ ރައްޔިތުން ބުނަން ފަށައިފިއެވެ.

ބަންގްލަދޭޗް ރައްޔިތެއްކަމުގައިވާ 25 އަހަރުގެ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް 250 މީހުންނަށް ތުހުމަތު ކުރެވޭ އިރު އޭގެ ތެެރެއިން 3 މީހަކު ވަނީ ހައްޔަރުކޯށް ބަންދުގެ މުއްދަތުވެސް ޖަހާފައެވެ. މިވަގުތު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޗީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރަށާއި ކުރީގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެކެވެ.

ރަޢީސް ނަޝީދުގެ ކޮއްކޮ ފުލުހުންގެ ހައްޔަރަށް ގެނެސް ބަންދުގެ މުއްދަތު ޖެހުމުން ދޭހަވަގެންދިޔައީ ޤައުމުގެ ވަލީއުލް އަމްރުގެ އިންސާފުވެރިކަން ކަމަށާއި އެމަނިކުފާނަކީ އިންސާފަށް ލޯބިކުރައްވާ ހަމަހަމަކަމާއެު ކަންކަން ކުރައްވާ ބޭކަލެއްކަމަށް ރައްޔިތުންދަނީ ބުނެ އެމަނިކުﷲަނަށް ތައުރީފުކުރައްވާފައެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރުމުން ރައީސް ނަޝީދު ގެންދަވަނީ އެކަމަށް ނުރުހުން ފާޅު ކުރައްވަމުންނެވެ. އަދި ސަރުކާރުން ނާޒިމް ހައްޔަރު ކުރީ ގާނޫނާއި ހިލާފަށް، ސިޔާސީ މަންފާއެއް ހާސިލް ކުރުމަށްކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ބޭނުންފުޅުވީ ކޯލިޝަނުގައި ތިބި ހަރުކަށި ފިކުރުގެ މީހުން ހިތް ރުއްސުމަށް ކަމަށެވެ. އެއަށް ފަހު ނާޒިމްގެ ބަންދު ޖެހުމުން އަނެއްކާވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތަފާތު ކުރުންތައް ގެންގުޅެނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތެރޭގައި އެތައް ބަޔަކު ހިމެނޭއިރު، ހަމައެކަނި އެމަނިކުފާނުގެ ކޮއްކޯފުޅު ހައްޔަރު ކުރި ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. އެމަނިކުފާނު ތުހުމމަތު ކުރެއްވީ އަލަމްގިރިއާއި އެކު ގުޅުން ހިންގި އެހެން މީހުންނަށް ސަރުކާރުން ހިމާޔަތް ދީފައިވާކަމަށެވެ.

ރައިސް ނަޝީދާއި އރައީސް ޞާލިހަކީ ޒަމާންވީ ދެ އެކުވެރިންނެވެ. ބނަމަވެސް މި މައްސަލާގައި އެކުވެރިކަމަކަށް ބެލުމެއްނެތި ރައީސް ޞާލިހު ކަންތައްކުރެއްވީ ރައްޔިތުންގެ މަންފާއާއި ލާބައަށްޓަކައެވެ. އެމަނިކުފާނު ދައްކުވައިދިނީ އެމްޑީޕީގެ ތިލފަތް ހަމަހަމަވާނެކަމުގެ ލާމަސީލު ނަމޫނާއެކެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 7%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 0%ވަރަށް ދެރަ 16%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އަދި ގަބޫލެއް ނުކުރަން އިންސާފު ވެރިކަމަކައް 250 މީހުން އަލަމް ގިރިޔައް އެރި އިރު ރަތްޔިތުން ނިކުމެ ހަޅޭ ލެވީމަ ހަމައެކަނި 4 މީހުން ހައްޔަރު ކުރީމަ ކޮބާ ދެންތިބި މީހުން ތިބީ ސިއްރު ކުރެވިފަ އިބޫގެ ފަޅީ އިބޫއައް ސަނާކިޔާލަ ކިޔާލަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: