ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ވިސްނުން ތަފާތުވިޔަސް، ދީނީ އަދި ދުނިޔެވީ ކަންކަމުގައި ރައްކާތެރިވޭ: އިމްރާން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ވިސްނުމާއި، މަސައްކަތުގައި ކިތައްމެ ހިޔާލު ތަފާތުވީ ނަމަވެސް، ދީނީ ގޮތުންނާއި ދުނިޔެވީ ގޮތުން ހިފަހައްޓަންޖެހޭ އަހްލާގިއްޔަތަށް ރައްކާތެރިވުމަށް ހުރިހާ ސިޔާސީ ފަރާތްތަކަށް ދިވެހި ރާއްޖޭގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވައިފިއެވެ.

ފަހަކަށް އައިސް ގިނަ އަދަދަކަށް ޓްވީޓު ކުރައްވަމުން ގެންދަވާ، އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ، ވެރިކަން ކުރާ އެމްޑީޕީގެ އިސްވެރިންގެ ތެރޭގައި ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން ކޯޅެމުންދާ ކޯޅުންތަކުގެ ސަބަބުންކަމަށް ބެލެވެއެވެ.

ރޭ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގެ މެސެޖުތަކެއް އާންމުވެފައިވާއިރު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ސިޔާސީ ފިކުރު ތަފާތުކަން ދޭހަވާ ގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި ބަސް ވިދާޅުވަމުން އަންނަ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސާލިހަށް ބޮޑެތި ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައެވެ.

ރައީސް ސޯލިހުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރުމަށް ފަހު، އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އަންހެނަކާއި އެކު ބަދުއަހުލާގީ އަމަލުތައް ހިންގާ ފޮޓޯތަކެއް ލިބިފައިވާކަމަށާއި އެ ފޮޓޯތައް ފުލުހަށް ފޮނުވާނެ ކަމަށެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ރައްދު ދެއްވި އެވެ. އަދި ކޮއްކޮ ހައްޔަރު ކުރުމުން އެކަމާއި ގަޒުބާތުގައި ޖެހި، ކޮންޓްރޯލުން ނެއްޓިފައިވާކަމަށް ވިދާޅުވި އެވެ.

މިފަދަ ގޮތަކަށް އެބޭފުޅާގެ ބަސްމަގު ހުރުމުގެ ސަބަބުން ރައިސް ނަޝީދަށް އައީ އާންމުންގެ ގިނަ ފާޑުކިޔުން އަމާޒުވަމުންނެެވެ. އަދި ބައެއް ފަރާތްތަކުން ބުނަމ،ުން އައީ ގަނޫނު ހަދާ މަޖިލީހުގެ ރައީސްގެ ގައިގައި ހުންނަން ޖެހޭ ސިފަތައް މިހާރު ރައީސް ނަޝީދުގެ ކިބައިގައި ނެތްކަމަށެވެ.

އެމްޑީޕީގެ ތެރެ ހޫނުވެ ހަލަބޮލި ވެގެން ދިޔައީ ނާޒިމް ސައްތާރު ހައްޔަރުކުރމާއި ގުޅިގެން ރައީސް ނަޝީދު ނާޒިމްގެ ދިފާއުގައި ނިކުންނަވާ ސަރުކާރަށް ފާޑު ވިދާޅުވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: