ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ދީނީ ގޮތުން މެދު މިނުގެ ވިސްނުމުގެ ޕާޓީއެއް، ބައެއް މީހުން ތިބީ އަނެއް އެކްސްޓްރީމްގަ: ރޮޒެއިނާ

ރައީސް މުހައްމަދު ނަޝީދާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް---- ރޮޒެއިނާ ޕާޓީން ވަކި ކުރަން ހުށަހެޅުއްވީ ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ދީނީ ގޮތުން މެދު މިނިގެ ޕާޓީއެއް ނަމަވެސް، ބައެއް ފަރާތްތައް ތިބީ ދީނާއި ދުރަށް ގޮސް ހައްދު ފަހަނަ އަޅާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކޮއްކޮ، ނާޒިމް ސައްތާރާއި، އިތުރު ފަރާތްތަކެއް، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން، ރައީސް ނަޝީދު އެކަމާއި ނުރުހުން ފާޅުކޮށް، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި، އެމްޑީޕީގެ އެހެނިހެން މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވުމާއި ގުޅިގެން، ކަންބޮޑުވުން ފާޅުކުރައްވާ، ރޮޒައިނާ ވިދާޅުވީ، މެދު މިނެއްގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއެއްގެ ބައެއް އިސްފަރާތްތައް، އިސްލާމް ދީނާއި ދުރައް ގޮސް ހައްދު ފަހަނައަޅައި ދިއުން އެ ޕާޓީގެ މެމްބަރުން ބަލައި ނުގަންނަކަމަށެވެ.

ރައީސް ނަޝީދު، އެ މަނިކުފާނުގެއް ކޮއްކޮ، ނާޒިމް ހައްޔަރު ކުރުމާއި ގުޅިގެން، ރޮޒައިނާގެ ފިރިކަލުން ނާޝިޒްވެސް އެފަދަ އަމަލުތަކެއް ހިންގާފައިވާކަމަށް ސިފަކުރައްވާ، ރައީސް ސާލިހުވެސް ޒިނޭ ކުރައްވާފައިވާކަމަށް ވިދާޅުވުމުން، އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބޮޑު ކޯޅުމަަށް އިޝާރާތްކުރައްވާ ރޮޒައިނާ ވިދާޅުވީ، ރައީސް ނަޝީދު އަމަލުކުރައްވަމުންދަނީ، ބަލައިނުގަނެވޭ ގޮތަކަކަށް ކަމަށެވެ. އަދި ވެރިކަން ނުލިބެންޔާ، ޕާޓީ ފުނޑާލަން މަސައްކަތްކުރުމުގެ ވިސްނުމަކީ “ސަޅި” ގޮތެއް ނޫންކަމަށްވެސް ރައީސް ނަޝީދަށް އަމާޒުކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.

އަލަމްގީރު ނަމަކަށް ކިޔުން ބަންގްލަދޭޝް ފިރިހެނަކާއިއެކު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި، ރައީސް ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކުރެވުމާއި ގުޅިގެން، އެ މަނިކުފާނުވަނީ، ރައީސް ސާލިހު، ޒިނޭ ކުރައްވަމުންދާކަމަށް ތުހުމަތުކުރައްވާފައިއެވެ. އަދި އެފަދަ ފޮޓޯތަކެއް ހުރިކަމަށާއި، ރައީސް ސާލިހު ރާބޯ މަންޒަރު ފެންނަ ވީޑިއޯއެއް އެ މަނިކުފާނުގެ އަތުގައި އޮތް ކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ތުހުމަތު ކުރެއްވީ، ދިވެހިރާއްޖޭގައި ހިނގައިފައިވާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދުގެ ފިރިމީހާގެ މައްޗަށް ތުހުމަތު ކުރެވޭ ރޭޕުގެ މައްސަލައެއްވެސް ތަހުގީގު ނުކުރުމަށް ރައީސް ސާލިހު، ކޮމިޝަނަރް އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެންގިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: