ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޮޒައިނާގެ ޓްވިޓަރ ހެކުކޮއްފި! ހެކު ކުރިއަސް، ބުނަން ބޭނުން އެއްޗެއް ނުބުނެ ހުއްނާނެކަމަށް ހީނުކުރައްޗޭ: ރޮޒައިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓްވީޓަރ އެކައުންޓު ހެކު ކުރިޔަސް، ބުނަން ބޭނުން އެއްޗެއް ނުބުނެ ނުހުންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމު ސައްތާރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން، އެމްޑީޕީގެ އެތެރޭގައި ބޮޑު ކޯޅުންގަނޑެއް އުފެދިފައިވާ ދަނޑިވަޅެއްގައި، ސޯޝަލް މީޑިއާގައި މިއަދު އާންމު ކުރި މެސެޖެއްގައި، ރޮޒައިނާ ވަނީ އެނާގެ ޓްވީޓަރ އެކައުންޓު ހެކުވެފައިވާކަމަށް ފާހަގަކުރައްވާފައިއެވެ. އަދި ރޮޒައިނާ ވިދާޅުވީ، އޭނާގެ އެކައުންޓު ހެކު ކުރި ނަމަވެސް، ބޭނުންވެއްޖެ އެއްޗެއް ނުބުނެ ނުހުންނަވާނެކަމަށެވެ.

ޓްވީޓަރ އެކައުންޓު ހެކު ކުރި ނަމަވެސް، ބުނަން ބޭނުންވެއްޖެ ބަހެއް ބުނާނެކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، ބުނަން ހިތައް އެރި އެއްޗެއް ބުނާނެކަމަށެވެ. އަދި ކުރަން ޖެހިއްޖެ ކަމެއްނަމަ، ކުރައްވާނެކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ޓްވީޓަރ އެކައުންޓު ހެކު ކުރި ނަމަވެސް، އެނާގެ ދޫ ހިފެހެއްޓުން ނެތްކަމަށް ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، ރޭގެ ދަންވަރު 2:00 ފެށިގެން އެނާއަށް އެ އެކައުންޓަށް ވަދެވިފައިނުވާކަމަށެވެ. އެހެން ނަމަވެސް އެނާ ކުރެއްވި ޕޯސްޓުތަކުގެ އިތުރުން އަދި އެ އެކައުންޓުގައި ޕޯސްޓެއް ކޮށްފައިނުވާކަމަށާއި، ދަންވަރު 2:00 ވަންދެން އެ އެކައުންޓުގެ ބޭނުންކޮށް، ވާހަކަދައްކަވާފައިވަނީ އެނާކަމަށްވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރާއި، އިތުރު ފަރާތްތަކެއް، އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކޮށް، ހައްޔަރުކުރުމާއި އެކު، އެ މަނިކުފާނުވަނީ، އެކަމާއި ނުރުހުން ފާޅުކުރައްވާފައިއެވެ. އަދި ނާޒިމް ހައްޔަރު ކުރެވިފައިވަނީ، އެނާ އަކީ، އެ މަނިކުފާނުގެ އާއިލީ މީހެއްކަމަށްވާތީ ކަމަށްވެސް ރައީސް ނަޝީދުވަނީ ސިފަކުރައްވާފައެެވެ.

ނާޒިމް ސައްތާރު ހައްޔަރު ކުރެވިފައިވަނީ، އެ މަނިކުފާނުގެ ކޮއްކޮއަށް ވުމުންކަމަށާއި، އެނާ ހައްޔަރު ކުރީ ގާނޫނާއި ހިލާފަށްކަމަށް ފާހަގަކުރައްވާ، ރައީސް ނަަޝީދުވަނީ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި ބޮޑު ކޯޅުންގަނޑެއް ފައްޓަވާފައެވެ. އެގޮތުން ރޮޒައިނާގެ ފިރިމީހާ ނާޝިޒްވެސް ލިވާތު ކުރުމުގެ އަމަލެއް ހިންގިކަމަށް އެމަނިކުފާނު ވަނީ، ފާހަގަކުރައްވާފައެވެ. އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ޒިނޭ ކުރައްވަމުންދާކަމަށާއި، ރާބޯ ކަމަށްވެސް އެ މަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: