ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދާއި މާލިއްޔާތު ބަލަހައްޓަނީ ރައްޔިތުންގެ ފާގަތިކަން އިސްކޮށްގެން: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން، ދިވެހިރާއްޖޭގެ އިގްތިސާދީ އަދި މާލީ ކަންކަމުގައި ފިޔަވަޅުތައް އަޅަމުންދަނީ، ދިވެހި ރައްޔިތުންގެ ފާގަތިކަން އިސްކޮށްގެންކަމަށް، މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ މާލީ ވުޒާރާތަކުން، ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅުއްވާ މާލީ އަދި އިގްތިސާދީ ސިޔާސަތުތަކަށް މަރުހަބާ ކިޔާކަމަށް ފާހަގަކުރައްވާ، އަމީރު ވިދާޅުވީ، ކޮވިޑް19ގެ ބަލިމަޑުކަމުގެ ތެރޭގައި ރައީސް ސާލިހުގެ ސަރުކާރުން ރާއްޖޭގެ އިޖްތިސާދީ ކަންކަން ބެލެއްހެއްޓުމަށް، އެޅި ފިޔަވަޅުތަކަށް ދުނިޔޭގެ މާލީ ވުޒާރާތަކުގެ ރުހުމާއި ތާއީދު ލިބިފައިވާކަމަށެވެ. އަދި މުސްތަގުބަލުގައިވެސް އެފަދަ ގޮތަކަށް ކަންކަން ކުރައްވާނެކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ ސަރުކާރުން ރާއްޖޭގައި ކޮވިޑް މެނޭޖުކުރުމަށް ގެންގުޅުން އުސޫލުތަކަށް ދުނިޔޭގެ މާލީ ކަންކަމާއި ބެހޭ ވުޒާރާތަކުން ތާއީދު ކުރާކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވީ، ސަރުކާރުން ކުރިއަށް އޮތްތާވެސް ގެންގުޅޭނެ އިގްތިސޯދީ އަދި މާލީ އުސޫލުތައް ބައްޓަންވެގެންވާނީ، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެންކަމަށެވެ. އަދި އެފަދަ މަސައްކަތްތަކުގައި ދުނިޔޭގެ މާލީ ވުޒާރާތަކުން ދޭ ލަފާތައް ބަލައިގަންނާނެކަމަށްވެސް އަމީރު ފާހަގަކުރެއްވިއެވެ.

 

ދިވެހިރާއްޖޭގެ އިގްތިސޯދީ އަދި މާލީ މިންގަނޑުތައް ހަރުދަނާކުރުމަށް ސަރުކާރުން އެޅުމަށް ގަސްތުކުރާ ފިޔަވަޅުތަކަށް އައިއެމްއެފް އަދި ވޯރލްޑް ބޭންކު ފަދަ މުއައްސަސާތަކުން މަރުހާބާ ކިޔާފައިވާކަމަށް ފާހަގަކުރައްވާ އަމީރު ވިދާޅުވީ، 2023- 2025ގެ ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިގްތިސާދާއި މާލިއްޔާތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރު ކުރުމަށާއި، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅިފައިވާނެކަމަށެވެ.

ރާއްޖޭގެ އިގްތިސާދު އަދި މާލިއްޔާތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ފިޔަވަޅުތަކެއް އެޅިފައިވާނެކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ، ޖީއެސްޓީ، ޓީޖީއެސްޓީ ބޮޑުކުރުމާއި، ހަރަދުތައް ދެމެހެއްޓެނިވި ގޮތެއްގެ މަތީ ބެހެއްޓުމަށް ސަބްސީޑީގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެއުމާއި، ސަރުކާރުގެ ކުންފުނިތަކުން ދައުލަތުގެ ބަޖެތަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ، މުހިންމު ފިޔަވަޅުތަކެއްކަމަށް އެނާ ދެކިވަޑައިގަންނަވާކަމަށެވެ.

ރައީސް ސާލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ އިގްތިސާދީ އަދި މާލީ ކަންކަން ބަލަހައްޓަމުންދާ އުސޫލުތަކަށް، ދުނިޔޭގެ މާލީ ވުޒާރާތަކުން ތާއީދު ކުރާކަމަށް މިިނިސްޓަރު އަމީރު ވިދާޅުވީއިރު، ދިވެހިރާއްޖެ މާލީ ހާލަތު ދައްވެގޮސްފައިވާކަމަށް ފާހަގަކުރައްވާ އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުންވަނީ ކަންބޮޑުވުން ފަޅުކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲވަނީ، މާލިއްޔާތުގައި ބާކީ ހުރި ފައިސާގެ އަދަދުތައް ސާފުކުރުމަށް މަސައްކަތްތަކެއް ކުރައްވާފަކަން ފާހަގަކޮށްލެވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: