ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދު ކާނަލް ނާޒިމްއަށް: ރައީސް ޔާމީން ވަލުދޮރާށިން ކަންކަން ނުކުރާނެ، ގަޑިޖެހޭ މިނިސްޓަރުން ބޭރުކުރާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން ވަލު ދޮރާށިން ކަންކަން ނުކުރާނެކަމަށާއި ގަޑިޖެހިގެން އަންނަ މިނިސްޓަރުން ބޭރުކުރާނެކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، އެމްއެންޕީގެ ރައީސް އަދި ރައީސް ޔާމީންގެ ޥެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ކާނަލް މުހައްމަދު ނާޒިމްއަށް ރައްދުދެއްވައިފިއެވެ.

ކާނަލް ނާޒިމް ކުރެއްވި ޓުވީޓުގައިވަނީ ވަތަނީ ލީޑަރަކީ ރައީސް ޔާމީންކަމަށް ވިދާޅުވާއިރު، ވަތަނީ ލީޑަރަކަށް ވެރިކަން ދިނުމުން ކުރެވުނު ކަމަކީ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ޖަލައްލާ، ޤައުމުގެ ފައިސާ ގެއްލުވާލުންކަމުގައެވެ. ކާނަލް ނާޒިމް އިތުރަށް ވިދާޅުވީ މުޅި ދުނިޔެއާ ޖެހިގަންނަ ލީޑަރެއް ރާއްޖެއަށް ބޭނުން ނުވާ ކަމަށާއި ޤައުމަށް ބޭނުންވަނީ ޡާހިރު އުޅުމެއް ހުރި ވަތަނީ ލީޑަރެއް ކަމަށެވެ.

ކާނަލް ނާޒިމްގެ ޓުވީޓަށް ރައްދުދެއްވާ ސައީދު ވިދާޅުވީ ރައީސް ޔާމީންއަކީ ވަލުދޮރާށިން ކަންކަން ކުރާނެ ލީޑަރެއް ނޫންކަމަށާއި ޤާނޫން ނަގަހައްޓާ ތަންފީޒުކުރާނެ ޤާނޫނަށް ބޯލަނބާނެ ވެރިއެއް ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީންއަކީ ވާހަކަ މަދު ބޭފުޅެއްކަމަށާއި ރައީސް ޔާމީން ޤައުމު ތަރައްޤީ ކުރެއްވީ ރާއްޖޭގެ ތާރީޚުގައި ނުދެކޭފަދަ ސްޕީޑެއްގައި ކަމަށެވެ. އަދި ދިވެހިންގެ ކަންކަމާބެހި ދިވެހިން އުޅެންވާގޮތް ކިޔައިދޭން އަންނަ މީހުން ސައްޕު ޖަހާ ބޭރުކުރާނެކަމަށާއި ގަޑިޖެހިގެން އަންނަ މިނިސްޓަރުންވެސް ރައީސް ޔާމީން ބޭރުކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: