ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ފިޔަވާ ހުރިހާ ޕާޓީއެއް މި “ލިވާތު ސަރުކާރު” ގެންނަން، ދަމަހައްޓަން މަސައްކަތްކުރި! ތިޔައީ ޢައްދާރުން!: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް ޕީއެންސީ ފިޔަވާ ހުރިހާ ޕާޓީއެއްވަނީ މި ޣައްދާރު ސަރުކާރު ގެނައުމަށާއި ނެގެހެއްޓުމަށްވެސް މަސައްކަތްކޮށް ޤައުމަށް ޣައްދާރުވެފައިކަމަށް، ޕީޕީއެމްގެ ނައިބު، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ކުރެއްވި ޓްވީޓެއްގައި ގައުމު މިއަދު ވައްޓާލާފައި އޮތް ހާލަތުން އެއްފަރާތްވެ ނާޒިމާއި ގާސިމު ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވި ނަމަވެސް އެ ދެ ބޭފުޅުންނަކީ ވެސް ޣައްދާރުން ކަމަށް ވިދާޅުވުމުން އެއަށް ރައްދުދެއްވާ ރާއްޖެ ދުށް އެންމެ ބޮޑު ޣައްދާރަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް، ވިދާޅުވުމާއި ގުޅިގެން ޝީޔާމް ކުރެއްވި ޓްވީޓުގައި ވަނީ “ޢައްދާރު” އެ ލަފްޒަކީ ބައެއް ސިޔާސީ ލީޑަރުންނަސް ވަރަށް އުދަނގޫވާ ލަފުޒެއްކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ރާއްޖެ ދުށް އެންމެ ބޮޑު ޣައްދާރެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް އެމަނިކުފާނު ކުރެއްވީ “ނަޖިސް” ވެރިކަމެއް ކަމަށް ވިދާޅުވެ އެއީ ރިޝްވަތާއި ހިޔާނާތް އަދި ވައްކަމާއި މަކަރާއި ހީލަތް އާންމުކުރި ދުވަސްތަކެއް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ޝިޔާމް ވަނީ މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް ޕީއެންސީ ފިޔަވާ އެހެން ހުރިހާ ޕާޓީއެއް ވަނީ މި “ލިވާތު ސަރުކާރު”  ގެންނައުމަށާއި ނެގެހެއްޓުމަށްވެސް މަސައްކަތްކޮށް ގައުމަށް ޢައްދާރުވެފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދިވެހިންނަށް ނޯޅޭނެ ހަގީގަތްކަމަށް ޓްވީޓުގައި ޝިޔާމް ފާހަގަކުރައްވާފައިވެއެވެ.

މި “ލިވާތު ސަރުކާރު” އޭ ޝިޔާމްގެ ޓްވީޓުގައި ފާހަގަ ކޮށްފައިވާއިރު، އެމްޑީޕީގެ މެންބަރުންނަށް އަންނަނީ އެއް ޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތުތައް ކުރެވެމުންނެވެ. އަދި އެ ތުހުމަތުގައި ހައްޔަރުކުރުމުން، ޕާޓީގެ އިސް ސަފުގައި ތިބި މެންބަރުން އަންނަނީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފަރާތްތަކުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.

އޭގެ ތެރޭގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޯފުޅު މަޝްހޫރު ގާނޫނީ ވަކީލް ނާޒިމް ސައްތާރު ހައްޔަރުކުރުމާއިއެކު، ރައީސް ނަޝީދު ވަނީ ނާޒިމްގެ ދިފާއުގައި ނިކުންނަވާ ވާހަކަދައްކަވާފައެވެ.

ވަރަށް ގަދަ
46%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 54%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަލޯ ޕީޕީ އެމް ވެސް ލިވާތު ޕާޓީއެއް ކާނަލް ނަޝީދު އެއީ ތިޔަޕާޓީގެ މެންބަރެއް.. އަދި ކުރިޔަށް ހުރީކަމަށް ވަނީ ފިނިފެންމާ ސަޢީދުމެންގެ ވީޑިއޯތައް.. ހިނގާ ބަލަމާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: