ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފާ އުނދަގޫ ނުކުރަން އީޕީއޭ އިން އަންގައިފި

ހިތަދޫ ފަޅު ތެރެއިން ފެނުނު ސީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފާ އުނދަގޫ ނުކުރަން އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

އީޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ، ރާއްޖެއަށް އެކި ފަހަރު މަތިން ބެހިގެން އަންނަ ސީލްފަދަ ޖަނަވާރު ހިފަން އުޅެ، މިފަދަ ދިރުންތަކަށް އުނދަގޫކޮށް، ގޯނާއެއްވާ އެއްވެސް އަމަލެއް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މިބާވަތުގެ ސީލް އަކީ އިންސާނުންނަށް ނުރައްކާތެރި ޖަނަވާރެއްނޫންކަމަށް އީޕީއޭއިން މިކަމާއި ގުޅިގެން ކުރި ޓްވީޓުގައި ފާހަކޮށްފައިވެއެވެ.

މިފަދައިން އީޕީއޭ އިން ޓްވީޓު ކޮށްފައި މިވަނީ ހިތަދޫ ލިންކް ރޯޑާއި ދިމާލުން ހަދާފައި އޮންނަ ކަނބިހާ ބީޗް ސަރަހައްދު މޫދުން ސީލް ފެނުމުންނެވެ.

އެ ސަރަހައްދުން ސީލެއް ފެނުމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުންނާއި ސިފައިންގެ އިތުރުން ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: