ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްމޫދުގެ މަރުގައި ސާލިމްގެ މައްޗަށް ކުރި ހުކުމް ކަށަވަރު ކުރުމަށް ހައިކޯޓަށް ހުށައަޅައިފި

މަހުމޫދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި ސާލިމް -- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ މަރުގެ ގާތިލް ޝާ އަލޮމް މިއާ (ސާލިމް) މެރުމަށް ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް ދައުލަތުން ހައި ކޯޓަށް ހުށައަޅައިފިއެވެ.

އެ ހުކުމުގެ ސައްހަކަން ދައުލަތުން ހުށައެޅި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކިގޮތެއް ނިންމާފައި ނުވި ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން މެރުމަށް ހުކުމް ކޮށްފައިވާ މީހާގެ ފަރާތުން އިސްތިއުނާފަށް ހުށައަޅައިފިނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައިކޯޓަށް ހުށައަޅަންޖެހެއެވެ.

ސާލިމް، މަހްމޫދު މަރާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފައިސާގެ ބޭނުމުގައެވެ.

އޭނާ މަހްމޫދު މަރާލުމަށްފަހު އެރަށުގައި ހުރި ފަޅުގެއެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލި ކަމަށް ސާލިމް ވަނީ އެއްބަސްވެ އެ ގަތުލު ހިންގި ގޮތް ކިޔައިދީފައެވެ.

މިއީ ރާއްޖޭގައި ބިދޭސީއެއްގެ މައްޗަށް މަރުގެ އަދަބެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ސާލިމް މެރުމަށް ކޯޓުން ހުކުމް ކުރީ މަހްމޫދުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފުމަށް ބުނެފައިވާތީއެވެ.

ޝާ އަލޮމް މިއާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރިކަމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ޝާ އަލޮމް މިއާ ވަނީ އެކުށަށް އިއުތިރާފް ވެފައެވެ.

މި މައްސައިގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވަނީ މަހްމޫދު މަރާލީ ސާލިމް ކަމަށް ސާބިތުވެއްޖެކަން ކަނޑައަޅާފައެވެ.

މައްސަލައިގެ އަޑުއެހުމުގައި ސާލިމް ވަނީ މަހުމޫދު މަރާލީ ވަޅިންނާއި ކޮޅު ތޫނުކޮށްފައިވާ ދަނގަޑަކުން މަހްމޫދުގެ މެޔާއި ކަރަށް ހަމަލާދީގެން ކަމަށާއި މަހްމޫދުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް އިއުތިރާފް ވެފައެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3.16 ހާއިރު މަހުމޫދުގެ އާއިލާ އިން އޭނާ ގެއްލިގެން އެ ދުވަހުގެ ހެނދުނު 10:16 ހާއިރު އެންގުމުން އެ ރަށު މީހުން ތިން ޓީމަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލައިގައި ސާލިމް ހައްޔަރުކުރީ އޭގެ ދެދުވަސް ފަހުންނެވެ.

އޭނާއަކީ އެރަށުގެ ނެދުންގޭގައި ހުންނަ އުމުރުންދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: