އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިސްރާބު ޖަހާފައިވަނީ، ކޮރަޕްޝަނާއި، ފަސާދައާއި، އަނިޔާވެރިކަމާއި ދިމާލަށްކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގއ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ފަރާތުން 2023ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްކަމަށް އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމަށް އިޝާރާތްކުރައްވާ ސައުދު ވިދާޅުވީ، ރައީސް ޔާމީންގެ ލީޑަރޝިޕްގެ ދަށުން ޕީޕީއެމްއަކަށް ހެޔޮ ވެރިކަމެއް ނުކުރެވޭނެކަމަށެވެ.
ރައީސް ޔާމީންގެ ކުރީގެ ދައުރުގައި ރާއްޖޭގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގައިފާވާކަން ފެންމަތިވެފައިވާވުމަށް އިޝާރާތްކުރައްވާ ސައުދު ވިދާޅުވީ، އަނެއްކާވެސް އިދިކޮޅު ކޯލިޝަނުން މިސްރާބު ޖަހާފައިވަނީ، ކޮރަޕްޝަނާއި، ފަސާދައާއި، އަނިޔާވެރިކަމާއި ދިމާލަށް ކަމަށެވެ.
RY ge leadership ga PPM ah heyo verikameh nukureveyne, anekkāves misrāb jahāfa evany corruption ai fasādhayā, aniyāverikamā dhimālan. 2018 ga Raees @ibusolih ge leadership ga dhivehi rayyithun gaumah genesdheefa mivā hamajehumai amaankan gelleykan rayyithun beynumeh nuvāne.
— Saud Hussain MP (@SaudVillingili) August 3, 2022
ރައީސް ޔާމިންގެ ވެރިކަމެއްގައި ދިވެހިރާއްޖޭގައި ދާނީ، ކޮރަޕްޝަނާއި، އަނިޔާވެރިކަމާއި، ފަސާދައާއި ދިމާލަ ކަމަށް ފާހަަގަކުރައްވާ، ސައުދުވަނީ، ރައީސް ސާލިހަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ސައުދު ވިދާޅުވީ، ރައީސް ސާލިހުވަނީ، ދިވެހިރާއްޖެއަށް ހަމަޖެހުމާއި، އަމާންކަން ގެނެސްދެއްވާފައިކަމަށެވެ. އެހެންކަމުން އެފަދަ ދުވަސްތަކެއް ގެއްލެން ބޭނުން ނުވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

