ސަރުކާރުތައް ބަދަލުވުމާއި، އެކު އަދުލު އިންސާފު ފެންނަނީ ކުލަބަދަލުވާ ފުއްގަނޑެއްްގެ ގޮތުގައިކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު އިސްލާހުގެ އިބްތިދާއީ ބަހުސްގައި ސައުދު ވިދާޅުވީ 2008 ވަނަ އަހަރު އެކުލަވާލި އައު ގާނޫނުއަސާސީ ތަސްދީގު ކުރުމާއި އެކު ދައުލަތުގެ ބާރުތައް ތިންބާރެއްގެ މައްޗަށް ބެހިގެންދިޔަ ކަމަށާއި، އެއީ ގާނޫނު ހިންގުމުގެ ބާރާއި، ސަރުކާރު ހިންގުމުގެ ބާރާއި، އަދުލު އިންސާފު ހިންގުމުގެ ބާރު ކަމަށެވެ.
ސައުދު ވިދާޅުވީ އަދުލު އިންސާފަކީ ކޮބައިކަމާއި، އަދުލު އިންސާފަކީ ކާކުގެ އެއްޗެއްކަމާއިި، އަދުލު އިންސާފަކީ ކާކު ހިންހަމަޖައްސާލަދޭ އެއްޗެއްކަން މިހާރު ދިވެހި ރައްޔިތުންނަށް އޮޅިފައިވާ ކަމަށެވެ.
ނަމަވެސް މި ބާރުތަކުގެ ތެރެއަށް އަދުލުއިންސާފު ގާއިމްކުރުމުގެ ބާރު ނުވަދެވޭ ކަމަށާއި، ފެންނަމުންދަނީ އަދުލު އިންސާފު ޑިމޮކރެސީގެ ނަމުގައި ސަރުކާރު ހަވާލުވާ ޕާޓީ ތަކުގެ ކުަލަކުލަކުލައިން ޖަރީވަމުންދާތަން ކަމަށެވ.
”އެއިރެއްގެ އޮންނަ ސިޔާސީ ޕާޓީއަކުން މޮޑޭ ފުއްގަނޑަކަށް އަދުލު އިންސާފުވެގެން ދަނީ.“ ސައުދު ވިދާޅުވިއެވެ.
ކޯޓްތަކަށް ބޭނުންވާ ބާރުތައް ނެތޭ ކިޔާފައި ކޮންމެހެން މޮޑޭ ފުއްގަޑަށް އެ ބާރު ހެދުމަކީ ރައްޔިތުންނަށް އެންމެ ބޭނުންވާ ގޮތް ނޫން ކަމަށެވެ. އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ކޯޓްތަކަށްދޭންވީ ކަމަށާއި، އެގޮތުން ފަޑިޔާރުގެއަށް ބާރުތައްދީ މުތުލަގަށް ކަންކުރެވޭނެ ގޮތެއް ހަދަންވީ ކަމަށެވެ.

