ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައީދުގެ ފާޑުކިއުން ސަރުކާރަށް: އިންޑިއާއިން 100 މިލިއަން ޑޮލަރު ދިނީ، ރިޔާސީ އިންތިހާބަށޭ ކިޔާ؟

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ދިވެހިރާއްޖެއަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ދީފައިވާ ފައިސާތަކެއްކަމަށް ތުހުމުތަކު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީގެ ދައުވަތަކަށް ރައީސް ސާލިހު، އަދި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންވަނީ، މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް، އެ ގައުމަށް ފުރާވަޑައިގެންފައެވެ. ރައީސް ސާލިހު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން، ރާއްޖޭގައި އިންޑިއާއިން ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމުގެ ނަމުގައި އެ ގައުމުން އަލަށް ހަމަޖައްސާފައިވާ 100 މިލިއަން ޑޮލަރަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، އެ ފައިސާއަކީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަގުސަދުގައި ބޭނުންކުރުމަށް ދީފައިވާ ފައިސާތަކެއް ކަމަށް ތުހުމަތު ކުރެވެމުންދާކަމަށެވެ.

އިންޑިއާއިން ދިވެހިރާއްޖެއަށް ހަމަޖައްސައިދީފައިވާ 100 މިލިއަން ޑޮލަރުގެ ލޯނަކީ، ރިޔާސީ އިންތިހާބަށް ދީފައިވާ ލޯނެއްކަމަށް ތުހުމަތުތަކެއް ކުރެވިފައިވާކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އެ ލޯނާއި އެކު، ރާއްޖޭގެ ދަރަނީގެ އަދަދު 100 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާކަމަަށެވެ. އަދި އެ ލޯނަކީވެސް ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިގެންދާ ބުރައެއްކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

 

އިންޑީއާއިން ރާއްޖެއަށް ދީފައިވާ 100 މިލިއަން ޑޮލަރުގެ ލޯނަށް ސައީދު ފާޑުވިދާޅުވި އިރު، ރައީސް ސާލިހުވަނީ އެ ލޯނުގެ ބޭނުންކުރައްވައިގެން، އަވަސް މުސްތަގުބަލެއްގައި ރާއްޖޭގައި ތަރައްގީ ކުރަމުންދާ ކެންސަރު ހޮސްޕިޓަލް، ހަނިމާދޫގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ފަދަ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ނިންމާލެވޭނެކަމަށް ފާހަގަކުރައްވާފައެވެ.

އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 4 ވަނަ ދުވަހުގެ ނިޔަލަށް ރައީސް ސާލިހު، އިންޑިއާއަށް ކުރައްވާ ދަތުރުގެ މަގުސަދަކީ، ދެގައުމުގެ ގުޅުން ބަދަހި ކުރުމަށާއި، ރާއްޖޭގެ ތަރައްގީއަށް ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން އެ ގައުމުގެ އިސްވެރިންތަކަކާއި ބައްދަލު ކުރެއްވުމަށްކަމަށް ރައީސް އޮފީހުންވަނީ ބުނެފައިވެއެވެ

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: