ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ކަންކަން ނިންމަނީ އިންޑިއާއިން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދާހިލީކަންކަމުގައި ގޮތް ނިންމަނީ އިންޑިއާއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ އިސްވެރިންނާއި ބައްދަލު ކުރައްވަމުންދާ ދަނޑިވަޅެއްގައި ޝިޔާމް ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަން ގާއިމު ކުރެވިފައިވަނީ، އިންޑިއާގެ މަސައްކަތުންކަމަށް ރައީސް ނަޝީދު ފާޅުގައި ވިދާޅުވެފައިވާކަމަށެވެ. އަދި މިވަގުތުވެސް އެފަދަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ދިވެހިރާއްޖޭގެ ކަންކަން ނިންމަނީ އިންޑިއާއިންކަމަށެވެ.

ދިވެހިރާއްޖޭގެ ދާހިލީ ކަންކަން ނިންމަނީ އިންޑިއާއިން ކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ރައީސް ސާލިހާއި، ރައީސް ނަޝީދުވެސް މަގާމުން ދުރުކުރަން ޖެހިފައިވާކަމަށެވެ. އަދި އެ ދެ ބޭފުޅުންނަށްވެސް ދިވެހި ރައްޔިތުންގެ ފަރާތުން އިތުބާރެއް ލިބެން ނެތްކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ އޮތް އިތުބާރެއް ނަމަ، މާ ކުރިން ގެއްލިއްޖެކަމަށެވެ.

ރައީސް ސާލިހާއި ރައީސް ނަޝީދަށްވެސް ދިވެހި ރައްޔިތުންގެ އިތުބާރެއް ނެތްކަމަށް ޝިޔާމް ވިދާޅުވީ އިރު، މާވަށު ދާއިރާގެ މެމްބަރު ސައީދުވަނީ އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދީފައިވާ 100 މިލިއަން ޑޮލަރުގެ ލޯނާއި މެދު ފާޑުވިދާޅުވެފައެވެ. އެގޮތުން ސައީދު ވިދާޅުވީ، އެ ލޯނަކީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ މަގުސަދުގައި ދެވިފައިވާ ލޯނެއްކަމަށް ތުހުމަތު ކުރެވެމުންދާކަމަށެވެ. އަދި އެ ލޯނާއި އެކު، ރާއްޖޭގެ ދަރަނީގެ އަދަދުވެސް 100 ބިލިއަންނަށްވުރެ މައްޗަށް އަރައިގެންގޮސްފައިވާކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: