ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ނަން ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަމެއް ނުވާނެ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްހޫރުވާން އުޅުނަސް އެކަން ކާމިޔާބު ނުކުރެވޭނެކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނަށް ރައްދު ދެއްވައިފިއެވެ.

ރައީސް ޔާމީން އާއި ގުޅޭގޮތުން ދުންޔާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި އަބްދުއްރަހީމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އާދޭސްކޮށްގެން ވެސް ޕީޕީއެމް އިން ދުންޔާ ބަލައިނުގަތުމުން މިހާރު ހުރީ ގައުމުގެ ގައްދާރުންނާއިއެކުގައި ކަމަށެވެ.

ގައްދާރުންނާ އެއްސަފަށް އަރައިހުރެ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަޝްޙުރުވާން އުޅުނަސް އެކަން ނުވާނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

ވަޒީރުކަމުން އިސްތިއުފާ ދިނުމަށްފަހު އާދޭސް ކޮށްގެން ސްޓޭޓް މިނިސްޓަރުކަމަށް ދުންޔާ އައީ އެ ސަރުކާރު އަނިޔާވެރިވީމަތޯ ވިދާޅުވެ އަބްދުއްރަހީމް ވަނީ ސުވާލުކުރައްވާފައެވެ.

ދުންޔާ އާއްމު ކުރި ވީޑިއޯގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ކުރިމަތިވި ބިރުވެރި މާޔޫސް ކަމެއް ކަމުގައި ވިދާޅުވެފައެވެ. ރާއްޖޭގައި ހިނގަމުންދާ އެކި ކަންތަކާއި ގުޅިގެން ރައްޔިތުންގެ ހާލު ބިކަވަމުން ދާ ކަމުގައި ދުންޔާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީ ތެރޭގައި ހިނގަމުންދާ ކޯޅުމުން ދިވެހިރައްޔިތުންނާއި ދިވެހި ރާއްޖެއަށް އަސަރުތަކެއް ކުރަމުން ކަމަށާއި އޭގެއިން ފާހަގަކުރަންޖެހޭ ހަގީގަތަކީ އެއްވެސް ދިވެހި ރައްޔިތަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިސްތިސްނާވާ މީހެއް ނޫންކަމުގައެވެ. އަދި އެކަމަށް ބޭރުގެ އެކި ނުފޫޒުތައް ގެނައި ކަމުގައި ވީ ނަމަވެސް ދިވެހި ރައްޔިތުން އެކަން ގަބޫލު ނުކުރާނެ ކަމުގައި ދުންޔާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުންތައް އުފެދިފައިވަނީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ވީޑިއޯ އެއް ޝޯސަލް މީޑިއާގައި ލީކުވެ އެމައްސަލަ އާއި ގުޅިގެން އޭނާ ހައްޔަރު ކުރުމާއި ގުޅިގެންނެވެ. އެކަމުގައި ރައީސް ނަޝީދުގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ރައީސް ނަޝީދު ވަނީ އެ މައްސަލައިގައި ސަރުކާރު ވައްޓާލާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންހެން ކުއްޖަކާއެކު ޒިނޭ ކުރިކަމުގެ ތުހުމަތު ރައީސް ނަޝީދު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުންނާއި ޕާޓީގެ ރައީސް ކަމުން ދުރުކުރުމަށް މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ އާއްމު މެމްބަރުން ދަނީ ގޮވާލަމުންނެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: