ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ގެ މަސައްކަތް ފަށައި، އިދިކޮޅުން ދާއިރާ ރައީސުން އިންތިހާބު ކުރަނީ!

އިދިކޮޅުން މާލޭގައި ބޭއްވި ސައިކަލު ބުރެއްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް:
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ދާއިރާ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން އަންހެނުންގެ ހަރާކާތުގެ ރައީސް އާއި ޒުވާނުންގެ ހަރަކާތުގެ ރައީސުން އިންތިހާބަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އިދާރީ 87 ދާއިރާއިން ދާއިރާ ރައީސުންނާއި ނައިބު ރައީސުން އިންތިހާބުކުރެވިގެން ދާނެ ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

ދާއިރާގެ އިންތިހާބުގައި ވޯޓްލެވެނީ އެ ދާއިރާއެއްގައި ހިމެނޭ ރަށްތަކުގެ އާއްމު މެމްބަރުންނަށްށެވެ.

އަންހެނުންގެ ހަރަކާތުގެ ރައީސް އާއި ޒުވާނުންގެ ހަރަކާތުގެ ރައީސުންގެ އިންތިހާބަކީ ކޮންމެ ރަށެއްގައި އޮންނަ އިންތިހާބެއް ކަމުގައި ޝުޖާއު ވިދާޅުވިއެވެ. އަލަށް އެކުލަވާލި މަގާމްތަކުގެ ބޭނުމަކީ ކޯލިޝަންގެ ހިންގުން ހަރުދަނާކޮށް ދާއިރާތަކާއި އަތޮޅުތައް ޕާޓީގެ ހެޑްއޮފީހާއި ގުޅުވާލަދިނުން އިތުރަށް ހަރުދަނާކުރުން ކަމުގައި ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން އެތެރޭގެ އިންތިހާބެއް ބާއްވައި މަގާމްތަކަށް ބޭފުޅުން އައްޔަން ކުރުމުގެ މައިގަނޑު މަގްސަދަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންކަން ޝުޖާއު ފާހަގަކުރެއްވި އެވެ. އެތެރޭގެ އިންތިހާބުގައި ވޯޓްލެވޭނީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ އާއްމު މެމްބަރުންނަށެވެ.

ޝުޖާއު ވިދާޅުވީ އަންހެނުންގެ ހަރާކާތުގެ އިންތިހާބުގައި ވޯޓްލެވޭނީ ކޮންމެ ރަށެއްގެ ޕީޕީއެމް ޕީއެންސީ ކޯލިޝަން ދަފްތަރުގައި ހިމެނޭ އަންހެނުންނަށް އެކަނި ކަމަށެވެ.

ސިޓީ ތަކުގައި ޒުވާނުންގެ ރައީސް އާއި އަންހެނުންގެ ރައީސް ކަނޑައަޅަނީ ދާއިރާއަކަށް ރައީސްއެކެވެ. އެހެން ކަމުން ކޮންމެ ސިޓީއެއްގައި ހުންނާނީ އިދާރީ ދާއިރާ އަކަށް ރައީސެއްކަމަށާއި ސިޓީތަކުގެ ތެރެއިން އެއް ރަށެއްގައި ދެދާއިރާ ހިމެނޭ ރަށްރަށުގައި ދެ ދާއިރާ އިން ވެސް ހުންނާނީ ކޮންމެ ދާއިރާ އަކުން އަންހެނުންގެ ރައީސް އަކާއި ޒުވާނުންގެ ރައީސް އެއް ކަމުގައި ސުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ އިންތިހާބު ކޮމިޓީގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވާ ހޮނިހިރު ދުވަހުއެވެ.

ޕީޕީއެމް ޕީއެންސީ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ޕާޓީގެ އޮފީހުންނާއި  ޕާޓީގެ މީޑިއާ ޕްލެޓްފޯމްތަކުން  ޑައުންލޯޑްކުރަން ލިބޭނެ ކަމުގައި އިންތިހާބު ކޮމިޓީއިން ބުނެފައިވެއެވެ. އެގޮތުން ޕާޓީ އޮފީހުން ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11 އިން ހަވީރު 4 އަށް އަދި ރޭގަނޑު 8 އިން ފެށިގެން 10 އަށެވެ.

ހުކުރު ދުވަހު ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 2:30 އިން ހަވީރު 5 އަށް ކަމުގައި ޕީޕީއެމުން ވަނީ ބުނެފައެވެ. އެތެރޭގެ އިންތިހާބުތަކުގެ މަގާމްތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި އޯގަސްޓް މަހުގެ 13 ވަނަ ދުވަހުން ފެށިގެން  މިމަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ކަމުގައި ޕީޕީއެމް އިން ބުނެފައިވެއެވެ.

ޕީޕީއެމްގެ ފަރާތުން މިއިންތިހާބުގައި ރީރަޖިސްޓްރޭޝަނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރުން ފެށިގެން އެއް ހަފްތާ އަށް ކަމަށް ޕީޕީއެމްގެ އިންތިހާބީ ކޮމިޓީގެ ފަރާތުން ވަނީ ބުނެފައެވެ. ރީ ރަޖިސްޓްރީ ކުރަންޖެހޭނީ ޕީޕީއެމް ޕީއެންސީގެ މާލޭގައި ދިރިއުޅޭ މެމްބަރުންނެވެ.

ޕީޕީއެމްގެ ދާއިރާ އިންތިހާބުގެ ގަވާއިދުގައި ވާ ގޮތުން ކޯލިޝަން ލީޑަރުންގެ ގޮތުގައި ތިއްބަވާ އެއްވެސް ލީޑަރަކަށް އެއްވެސް ދާއިރާއެއްގެ  ދާއިރާ ރައީސް އަދި ނައިބު ރައީސް  ކަމަށް ވާދަ ނުކުރެވޭނެ ކަމުގައި ސުޖާއު ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީ ލީޑަރޝިޕްގައި ހިމެނޭ އެއްވެސް ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ވެސް ދާއިރާގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ލީޑަރޝިޕްގައި ނުހިމެނޭ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނަށް އެދާއިރާއެއްގެ ރައީސްކަމާއި ނައިބު ރައީސްކަން ކުރެވިދާނެ ކަމުގައި ސުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ ފަރާތުން އަލަށް އިންތިހާބު ކުރާ ދާއިރާތަކުގެ އިންތިހާބުގެ އިންތިހާބީ ދައުރަކީ ތިން އަހަރު ދުވަސް ކަމުގައި ސުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން މި އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވޯޓް ދެވޭނީ މި އޯގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންނަށް އެކަނި ކަމުގައި ސުޖާއު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: