ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ފޯނު ޖަހައިގަތުން ރޮޒެއިނާއަށް ވީ ޖޯކަކަށް!

އައްޑޫ މީދޫ ދައިރާގެ މެންބަރު ރޮޒެއިނާ އާދަމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު ފޮޓޯ ގަނޑާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ޖަހައިގަނެގެން ދިއުން މީ ގަރުނުގެ އެންމެ ބޮޑު ޖޯކް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ކެފޭއެއްގެ ތެރޭގައި ދަރިކަނބަލުންނާއި އެކު ހުންނަވަނިކޮށް އެމަނިކުފާނުގެ ފޯނު ޖަހައިގަނެގެން ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.

މިކަމާއި ގުޅިގެން ރޮޒެއިނާ ވަނީ މީހުންގެ ބޮލުގައި ދޮގު ހަދައިގެން އިލްޒާމު އަޅުވާފައި މިއަށްވުރެ ހަމަޖެހޭ ވާހަކައެއް ދައްކަން ނޭނގެނީތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ރޮޒެއިނާ ރައީސް ނަޝީދުގެ ފޯނު ޖަހައިގަތުން ޖޯކެއްގެ ގޮތުގައި ސިފަކޮށްފައި ވަނީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އަންހެނަކާ އެކު ޒިނޭ ކުރާ މަންޒަރު ފެންނަ 4 ފޮޓޯގަނޑު ލިބިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން ނުރުހުންވެ ވަޑައިގެން ސަރުކާރާއި ރައީސް ސާލިހަށް ބަހުގެ ހަމަލާ ތަކެއް ދެއްވާފައެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިސަރުކާރުން މަސައްކަތް ކުރަނީ ކޯލިޝަންގައި ހިމެނޭ  ހަރުކަށި ފިކުރުގެ ލީޑަރުންގެ ހިތް ރުއްސުމަށް ކަމަށާއި ނާޒިމް ހައްޔަރުކޮށްފައިވަނީ އެކަމާއި ގުޅިގެން ކަމަށާއި މިސަރުކާރުގައި ހިމެނޭ ރާބޯ މީހުންނާއި ޒިނޭ ކުރާ މީހުން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމާއިގުޅޭ ލިޔުމެއް އެކުލަވާލެއްވުމަށް ގަސްދުކުރައްވާ ކަމުގައި މީގެ ކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: