ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 އިންސައްތަ މަސައްކަތް ނިންމަން 4 އަހަރު ނެގީމަ ސަރުކާރު ސްލޯވަރު ފެނޭ: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް، ނައިފަރުގެ ފެނުގެ ނިޒާމުގެ 15 އިންސައްތަ މަސައްކަތްތައް ނިންމަން 4 އަހަރު ނެގުމުން ސަރުކާރުގެ ސްޕީޑު “ސްލޯކަން” އިންގިގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ނައިފަރުގެ ފެނުގެ ނިޒާމު ނިމިގެންދިއުމަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ އެ މަޝްރޫޢުއަކީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫޢެއްކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ނިމުމަަކަށް އައި އިރު، އެ މަޝްރޫޢުގެ 85 އިންސައްތަ މަސައްކަތްތައް ނިމިފައިވާކަމަށް އިޝާރާތްކުރައްވާ، ޝިޔާމް ވިދާޅުވީ، ބާކީ ކުރަންޖެހޭ 15 އިންސައްތަ މަސައްކަތްތައް ކުރުމަށް ރައީސް ސާލިހުގެ ސަރުކާރަށް 4 އަހަރު ނެގުމުން ސަރުކާރުގެ ދުވެލި “ސްލޯ” މިންވަރު އިންގިގެންދާކަމަށެވެ.

2017 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި ފަށައި، 85 އިންސައްތަ މަސައްކަތްތައް ނިންމާފައިވާ ނައިފަރުގެ ފެނުގެ ނިޒާމުގެ ބާކީ 15 އިންސައްތަ ނިންމުމަށް ރައީސް ސާލިހުގެ ސަރުކާރަށް 4 އަހަރު ވެގެންދިއުމުން ސަރުކާރުގެ ހިންގުންތެރިކަން ހުރި މިންގަނޑުތައް ފެނިގެންދާކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، އެހެން ނަމަވެސް އެ މަޝްރޫޢު ނިމިފައިވުމަކީ، ނައިފަރު ދާއިރާއަށް ލިބިގެންދާ އުފާވެރި ހަބަރެއްކަމަށެވެ.

މީގެ އިތުރުން ޝިޔާމްވަނީ ނައިފަރު ދާއިރާގެ ފެނުގެ ނިޒާމުގެ މަޝްރޫޢު ނިމިފައިވުމަށް ރައީސް ޔާމީނަށް ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: