ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު ހަވާލުކުރި 1 މިލިއަން ރުފިޔާ ކަރުދާސް ކޮތަޅެއްގައި ގެންގޮސް ޔާމީން އާ ހަވާލު ކުރިން: އޮއިއްޓޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަންގަވައިގެން، އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ރުފިޔާ ހަވާލުކޮށްފައިވާނެކަމަށް އަދީބުގެ ޕާސަނަލް ޑްރައިވަރަކަށް އުޅުނު މުހައްމަދު ހުސައިން (އޮއިއްޓެ) ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް މިއަދުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައެވެ. މި މައްސަލާގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

މިއަދުގެ އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ މުހައްމަދު ހުސައިން (އޮއިއްޓޭ) ގ. އޮއެވާލިއެވެ. އޭނާ ހާޒިރުކުރީ ލަންޑަން ހައިކޮމިޝަން މެދުވެރިކޮށެވެ.އޮއިއްޓޭ ހެކިބަސް ދިނީ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރެގެން އޮންލައިންކޮށެވެ.

އޮއިއްޓޭ ހެކިބަސްދެމުން ބުނެފައިވަނީ ޔާމީނާ ފައިސާތަކެއް ހަވާލުކުރަން 2013 ވަނަ އަހަރު އަދީބު އޭނާއަށް އެންގިކަމަށެވެ. އަދީބުގެ އެންގުމަށް ޖުމަލް 1 މިލިއަން ރުފިޔާ ރައީސް ޔާމީނާ ހަވާލުކޯށްފައިވާނެކަމަށްވެސް އޮއިއްޓޭ ބުނެފައިވެއެވެ.

އަދީބު ދިން ފައިސާ ޔާމީނާ ހަވާލުކުރީ ކިހިނެއް؟

އޮއިއްޓޭ ބުނެފައިވާގޮތުގައި އޭނާ އާ ރައީސް ޔާމީނާ އެއްމެ ފުރަތަމަ ބައްދަލުކުރެއްވީ ޔާމީންގެ ގެކޮޅުންނެވެ. އަދި އެއްމެ ފުރަތަމަ ހަވާލުކުރީ އެއް ލައްކަ ރުފިޔާ ކަމަށްވެސް އޭނާގެ ހެކިބަހުގައި ބުނެފައިވެއެވެ.  އެކަމަކު އެއް ލައްކަ ރުފިޔާ ހަވާލު ކުރެއްވުމުން ޔާމީން ހިތްހަމަނުޖހެިފައި ހުރުމުން ން އެކަން އެކަން އަދީބާ ހިއްސާ ކުރުމުން އިތުރު ފައިސާތަކެއް ހަވާލުކުރަން ވެސް އެންގި ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، އަދީބުގެ އެންގެވުމުގެ މަތިން އިތުރު ނުވަ ލައްކަ ރުފިޔާ ޔާމީނާ ހަވާލުކުރީ ކަމަށް އޮއިއްޓޭ ބުންޏެވެ.

އޮއިއްޓޭހެ ހެކިބަހުގަ ބުނެފައިވަނީ  އެ ފައިސާތައް  ރައީސް ޔާމީނއަށް ގެންގޮސްދީފައިވަނީ ކަރުދާސް ކޮތަޅެއްގައި ކަމަށެވެ. އަދި އެ ކަރުދާސް ކޮތަޅުގައި 500 ނޫޓުގެ 10 ބޮނޑި އޮންނމާނެކަމަށް އޭނާ ބުނެއެވެ.

މީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް އެ މައްސަލާގައި ދައުވާކުރެ އެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަންނަ ހަފުތާގައި ވެސް އޮންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: