ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަން ލީޑަރުންނަކީ ގައުމާއި ދީނަށް ހަރާމްކޯރުވި ބައެއް: ނަރީޝް

ސަރުކާރު ކޯލިޝަންގެ އެންމެ އިސް ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކޯލިޝަން ސަރުކާރުގެ އިސް ވެރިންނަކީ، ގައުމަށާއި، އިސްލާމް ދީނަށް “ހަރާމްކޯރުވެ” “ޣައްދާރު” ވެފައިވާ ބައެއްކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގައި، ދިވެހިރާއްޖޭގައި އިސްލާމް ދީނާއި ހިލާފު އަމަލުތައް ގިނަވެފައިވާކަމަށް ހާމަވެ، ގިނަ އަދަދެއް މީހުން އެފަދަ އަމަލުތަކެއް ހިންގަނިކޮށް، ފެނިގެންދާ ވީޑިއޯތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައި ނަރީޝް ވިދާޅުވީ، ރައީސް ސާލިހުގެ ވެރިކަމުގައި، ފާހިޝް އަމަލުތަކާއި، ހަރާމް ކަންކަމަށް ފުޅާ ދާއިރާއެއްގައި ޖާގަދެވިފައިވާކަމަށެވެ. އަދި ރައީސް ސާލިހުގެ ވެރިކަމަށްވުރެ ފުޅާކޮށް، އެފަދަ ޖާގައެއް ދީފައިވާ ވެރިކަމެއް ދިވެހި ރައްޔިތުންނަށް ފެނިފައިނުވާނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ ވެރިކަމުގައި، ހަރާމް ހަލާލް ބެލުމެއް ނެތި، ފުޅާ ދާއިރާއެއްގައި، ފާހިޝް އަމަލުތަކަށް ޖާގަ ދެވިފައިވާކަމަށް ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ ރައީސް ސާލިހުގެ ކޯލިޝަންގެ އިސްވެރިންނަކީ ގައުމާއި، އިސްލާމް ދީނަށް ޣައްދާރުވެފައިވާ ލީޑަރުންތަކެއް ކަމަށެވެ. އަދި ދީނީ އިލްމުވެރިންވެސް ރައީސް ސާލިހުގެ ކޯލިޝަނަށް ތާއީދު ކުރައްވާކަން ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ، ދީނާއް ޣައްދާރުވެފައިވާ ލީޑަރުންތަކަކަށް ހިއްވަރު ދޭ “މާއްދިއްޔަތައް ހުސްވެފައި ތިބި ޙާއިނުންގެ” ވެރިކަމެއްވެސް ދިވެހި ރައްޔިތުން ދެކިފައިނުވާނެކަމަށެވެ.

ރައީސް ސާލިހުގެ ވެރިކަމަށް “މާއްދިއްޔަތައް ހުސްވެފައިތިބި ޙާއިނުން” ތަކެއް ތާއީދު ކުރާކަމަށް ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ، ރައީސް ސާލިހުގެ ވެރިުކަމަށް ވުރެ ވަކިން ބޮޑަށް، ދީނަށް ފުރައްސާރަކޮށް، ނައްބިޔާއަށް ކުޑައިމީސްކޮށް ބަސްތަކެއް ރައްދުކޮށްފައިވާ ވެރިކަމެއް ދިވެހި ރައްޔިތުނަށް ފެނިފައިނުވާނެކަމަށެވެ. އަދި އަމިއްލަ ގައުމުގައި ދިވެހި ނިކަމެތިކޮށް، ދެވެނަ ދަރަޖައިގެ ރައްޔިތުންނަށް ހަދައި، ގައުމު އިޖްތިސާދީ ގޮތުން އަޅުވެތި ކުރުވި ވެރިކަމެއްވެސް ރައީސް ސާލިހުގެ ވެރިކަން ނޫނީ ނުދެކޭކަމަށްވެސް ނަރީޝް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: