ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ ގިނަ ބަޔަކު ޝަހީދު ކޮށްލައިފި 

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން މެދުނުކެނޑި ފަލަސްތީންގެ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން އެބަގެންދެއެވެ. އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު މިހާރު ވަނީ 12 އަށް އަރާފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 60 އަށް އަރައެވެ.

މިހާރު ވެސް އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާތައް ދެމުން ގެންދާތީ އަދިވެސް ޣައްޒާއިން ޝަހީދުވާ މީހުންނާއި ޒަހަމްވީ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މިއަދު ޣައްޒާއަށް ހަމަލާތައް ދޭން ފެށީ އިސްލާމިކް ޖިހާދުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެންނެވެ. އިސްރާއީލުން ބުނާ ގޮތުގައި އިސްރާއީލްގެ އަމާޒަކީ އިސްލާމިކް ޖިހާދުގެ ތަންތަނާއި އެޖަމާއަތުގެ ލީޑަރުންނެވެ. މިއޮޕަރޭޝަންގެ އަމާޒަކީ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތް ނޫންކަން އދ.އާއި މިސްރުގެ ޑިޕްލޮމެޓުން މެދުވެރިކޮށް ވެސް އިސްރާއީލުން ވަނީ ހަމާސް އަށް އަންގާފައެވެ.

އިސްރާއީލަށް އަމާޒުކޮށް 100 ރޮކެޓް ފޮނުވާލާފައިވާ ކަމަށް އިސްލާމިކް ޖިހާދުން ބުނެއެވެ. ނަމަވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އިސްލާމިކް ޖިހާދުން ފޮނުވާލީ 80 ވަރަކަށް ރޮކެޓެވެ.

އިސްރާއީލުން ބުނާ ގޮތުގައި އިސްލާމިކް ޖިހާދުން ފޮނުވާލި ރޮކެޓްތަކުގެ ތެރެއިން 46 ރޮކެޓެއް އިސްރާއީލްގެ ބޯޑަރު ހުރަސް ކުރިއެވެ. އޭގެތެރެއިން 33 ރޮކެޓް ވަނީ އިސްރާއީލްގެ މިސައިލުން ދިފާއުވާ ނިޒާމް ކަމަށްވާ “އަޔަން ޑޯމް” އިން ވައްޓާލާފައި ކަމަށް އިސްރާއީލުން ބުނެއެވެ. 13 ރޮކެޓެއް ވަނީ އިސްރާއީލްގެ އެކި ސަރަހައްދުތަކަށް އަމާޒުވެފައެވެ. އޭގެތެރެއިން އެއްރޮކެޓް މީހުން ދިރިއުޅޭ ގެއަކަށް ވެސް އަމާޒުވިއެވެ. ނަމަވެސް އަދި ރޮކެޓް ހަމަލާތަކުގައި އިސްރާއީލްގެ މީހަކަށް ގެއްލުމެއް ނުލިބެއެވެ.

ނަމަވެސް އިސްރާއީލްގެ މީޑިއާތަކުން ބުނާ ގޮތުގައި ރޮކެޓް ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން އެޅި ސައިރަންގެ އަޑު އިވި ދެމީހަކަށް ޕެނިކް އެޓޭކެއް އައުމުން އެމީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އިސްރާއީލާއި އިސްލާމިކް ޖިހާދުގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށް މިސްރުން މަސައްކަތް ކުރަމުން ގެންދާކަމަށް މެދުއިރުމަތީގެ ޑިޕްލޮމެޓަކާއި ހަވާލާދީ އިސްރާއީލްގެ މީޑިއާތަކުން ބުނެއެވެ. ނަން ހާމަކުރަން ބޭނުންނުވާ ޑިޕްލޮމެޓަކާއި ހަވާލާދީ މީޑިއާތަކުން ބުނީ ގާހިރާގެ އޮފިޝަލުން މާދަމާ ޣައްޒާއަށް ވަޑައިގެން ހަމަލާތައް ހުއްޓުވުމަށް މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: