ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ވާހަކަދެއްކުމަކީ ދެވޭ ގޯސް މެސެޖެއް، ދޫކުރަން ނުވާވަރުގެ މުޖުރިމުން އެބަތިބި: ޑރ ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ދެވޭ ގޯސް މެސެޖެއްކަމަށާއި އެއްވެސް ހާލެއްގައި ދޫކުރަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖުރިމުން އެބަތިބިކަން ޤަބޫލުކުރަން ޖެހޭކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި ހެންވޭރު ޝެރީން ވިލާގައި 22 އަހަރުގެ އަންހެނަކަށް ހަމަލާދީ މަރާލި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ކުރި ޓުވީތުގައި ޑރ ޖަމީލް ވިދާޅުވެފައިވަނީ، އަޑު އިވިގެން ދިޔައީ އިންތިހާއަށް ބިރުވެރި ކުށެއްގެ ވާހަކަ ކަމަށެވެ.

އަދި ދެންވެސް މަރުގެ ޙުކުމް ތަންފީޒު ނުކުރާނެ ވާހަކަ ސަރުކާރުން ދެއްކުމަކީ ދެވޭ ގޯސް މެސެޖެއް ކަމަށާއި، އެއްވެސް ހާލެއްގައި ދޫކޮށްލަން ހެޔޮނުވާވަރުގެ ނުރައްކާތެރި މުޖުރިމުން އެބް ތިބި ކަމަށް ޤަބޫލުކުރަން ޖެހޭ ކަމަށްވެސް ޖަމީލްގެ ޓުވީޓުގައި ވެއެވެ. އަދި މި ކަމުގައި ހައްލު އޮތީ މަރުގެ ޙުކުމް ތަންފީޒުކޮށްގެން ކަމަށް ޖަމީލްގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

ހ.ޝެރީންވިލާގައި އަނިޔާވެރިގޮތަކަށް ޒުވާން އަންހެނަކަށް ހަމަލާދީ މަރާލާފައިވާ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ އެއްމެ މޮޅު ސްކޭޓާ އުމުރުން 22 އަހަރުގެ އަލީ ސާހިލްއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: