ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގައި ނިއުކްލިއަރ ކާރިސާއެއް ހިންގަން ގާތްވެއްޖެ: އައިއޭއީއޭގެ ޗީފް

ޔޫކްރެއިންގެ ނިއުކްލިއަރ ޕްލާންޓެއް: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންގައި ނިއުކްލިއަރ ކާރިސާއެއް ދިމާވުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނާރޖީ އެޖެންސީއިން (އައިއޭއީއޭ) ބުނެފި އެވެ.

ރަޝިއާ- ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން، ޔޫރަޕުގެ އެންމެ ބޮޑު ނިއުކްލިއާރ ޕްލާންޓަށް ގެއްލުންތަކެއް ލިބިފައިވާތީ އެކަމަށް އިޝާރާތްކުރައްވާ އައިއޭއީއޭގެ ޗީފް ރަފައެލް މަރިއާނޯ ގްރޮއްސީ ވިދާޅުވީ، އެ ޕްލާންޓާއި ގުޅުވައި އެނާއަށް ލިބެމުންދާ މައުލޫމާތު ތަކުން، ނިއުކްލިއާރ ކާރިސާއެއް ކުރިމަތިވެދާނެކަމަށް އެނާ އިންތިހާއަށް ކަންބޮޑުވާކަމަށެވެ.

ޔޫރަޕުގެ އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ނިއުކްލިއަރ ކާރިސާއެއް ދިމާވެދާނެކަމަށް އީއައިއީއޭގެ ޗީފް ބުނެފައިވަނީ، ރަޝިއާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެ ޕްލާންޓަށް ގެއްލުންތައް ލިބެމުންދާކަމަށް ޔޫކްރެއިންއިން ބުނެފައިވަނިކޮށްކަމަށެވެ.

އިއައިއީއޭގެ ޗީފް ބުނެފައިވާގޮތުން، ޔޫކްރެއިންގެ ނިއުކްލިއާރ ޕްލާންޓަށް ލިބިފައިވާ ގެއްލުންތަކުގެ ސަަބަބުން، ކާރިސާއެއް ދިމާވެ، ޔޫކްރެއިން ނޫން އެހެނިހެން ގައުމުތަކަށްވެސް އެކަމުގެ ގެއްލުން ލިބޭނެ އެނާ ބުނެފައިވެއެވެ. އަދި އެ ސަރަހައްދަށް އަމާޒު ކުރެވޭ ކޮންމެ ހަމަލާއަކީވެސް އަލިފާނާއި ކުޅުންކަމަށްވެސް އެނާ ބުނެފައިވެ އެވެ.

މީގެ އިތުރުން، ޔޫކްރެއިންނާއި، އެހެނިހެން ގައުމުތައްވެސް ނިއުކްލިއަރ ކާރިސެއްގެ ބިރުވެރިކަމުން ސަލާމަތްކުރުމަށް ރަޝިޔާ ޔޫކްރެއިން ދެމެދުގައި އޮތް ތަފާތުވުންތައް އެއް ފަރާތް ކުރަން ޖެހިފައިވާކަމަށްވެސް އެނާ ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: