ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭގައި ޒުވާން އަންހެން ކުއްޖަކަށް ހަމަލާ ދީ، މަރާލި މަރާލި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި އަލީ ޝާހިލްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި އަޑުއެހުން ސިއްރުކޮށްފި އެވެ.
ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ، ޝިއާއު މަރާލި މައްސަލައިގައި ހައްޔަރު ކުރި ޝާހިލްގެ ބަންދުގެ އަޑުއެހުން ސިއްރު ކުރީ ފުލުހުން އެދިގެންނެވެ. އަޑުއެހުން ސިއްރުކުރި ސަބަބާއި ގުޅޭ ގޮތުން ވެސް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.
މައްސަލައިގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށީންނެވެ. އޭނާ ހައްޔަރު ކުރިކަން ހިއްސާ ކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށް ނުދެ އެވެ. މީޑިއާތަކުގެ ސުވާލުތަކަށް ވިދާޅުވީ، މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.
ހަށިގަނޑު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޝާހިލް ވަނީ ޝިއާއުގެ ހަށިގަނޑު ނައްތާލުމަށް މަސައްކަތްކޮށްފަ އެވެ.
އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވިއިރު ހުރީ ހަޒްމެޓް ސޫޓް ލައިގެންނެވެ. ފުލުހުން އެ ގެެއަށް ދިޔައިރު އޭނާ ހުރީ ލެއިން ތަތްތެޅިގެން ގޭގެ ސިޑި މަތީގަ އެވެ.

