ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްޑެގެ ރައްދު ޑރ ވަހީދަށް: ރާއްޖެ މިހާލަތަށް ވެއްޓުނީ ބަޣާވާތް ކުރީމަ!

ދޮޅު އަހަރު ދުވަހު ވެރިކަން ކުރެއްވި ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އަދި އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ މި ހާލަތަށް ވެއްޓުނު ސަބަބު ބަލަންޖެހޭކަމަށް ދޮޅު އަހަރު ދުވަހު ވެރިކަން ކުރެއްވި ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވުމުން އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ރައްދުދެއްވައިފިއެވެ.

އަނިޔާވެރިގޮތަކަށް ރޭ މާލޭގައި މަރާލާފައިވާ އުމުރުން 22 އަހަރުގެ އަންހެންކުއްޖާގެ މައްސަލައާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޑރ ވަހީދު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައިވަނީ ރާއްޖެ މިހާލަތައް ވެއްޓުނު ސަބަބާމެދު ވިސްނާ ފިކުރުކޮށް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރަން ޖެހޭކަމަށެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ.

ރޭގެ ދަންވަރުގެ ވަގުތެއްގައި ހިގައިދިޔަ މި ހާދިސާއާއެކު މުޅި ޤައުމު އޮތީ ސިހުމެއްގެ ތެރޭގައިކަމަށް ސިފަކުރައްވާ ވަހީދުވިދާޅުވީ މިއީ ދިވެހީން ކުރިން ދެކުނު ރާއްޖެ ނޫނަކަމަށާއި މީގެ އަހަރުތަކެއް ކުރިން ރާއްޖެއަކީ މީހަކު މެރިކަމުގެ އަޑުވެސް އިވިފައިވާ ޤައުމެއް ނޫންކަމަށާއި މިއަދު ރާއްޖެ މިހާލަތައް ދިޔަ ސަބަބު ތަކާމެދު ވިސްނާ ފިކުރު ކުރަން ޖެހޭކަމަށެވެ.

ޑރ ވަހީދު އަށް ރައްދު ދެއްވާ މުހައްމަދު ވަހީދު ވިދާޅުވެފައިވަނީ ގައުމު މިހާލަތަށް ވެއްޓުނީ ބަގާވާތްކުރީމައިކަމަށެވެ.

މީގެ ކުރީގައިވެސް މުހައްމަދު ވަހީދު ވަނީ ޑރ ވަހީދުގެ ކިބައިން ފެނިގެންދަނީ، މުޅިންވެސް ބަޣާވާތް ކުރުމުގެ ސިފަ ކަމަށްވެސް ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުމާއި ގުޅިގެން އެމްޑީޕީގެ އެންމެ ގިނަ މެމްބަރުންގެ ނުރުހުން އަމާޒުވެފައިވާ ބޭފުޅަކީ ރައީސް ވަހީދެވެ. ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި އޭރު ހިނގައިދިޔަ ކަންތައްތަކުގެ މޭސްތިރިޔަކީ ރައީސް ވަހީދުކަމަށް އެމްޑީޕީ މެމްބަރުން ތުހުމަތު ކުރެއެވެ.

ޑރ. ވަހީދު 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ، އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިނގާ ދިޔަ ހަމަ ނުޖެހުންތަކަށްފަހު، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާ އެކު އެމަނިކުފާނުގެ ނައިބު ރައީސްގެ ހައިސިއްޔަތުންނެވެ.

ވެރިކަން ނައިބު ރައީސް ވަހީދުގެ އަތް މައްޗަށް ފުރޮޅުމާ އެކު، ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީ އިން އޭރުވެސް އަދި މިހާރު ގަބޫލު ކުރަނީ ޑރ. ވަހީދު ވެރިކަމަށް ވަޑައިގެންނެވީ “ބަޣާވާތް” ކޮށްގެން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

5 Responses

  1. ތާއީދު ކުރަތީ ނުރުހުނަސް ފެބް 7 އަށް ޒިންމާވާންޖެހޭނީ ނަޝީދާއި އޭނަގެ ފެކްޝަން

  2. ބަޣާވާތްކުރީ ކާކުތަ؟ ބަޣާވާތްތާއި އެހެން ކަންކަންވެސް ކުރީ މޑޕ އެވެ

  3. ބާޤާވާތޭ ކިޔާނެކަމެއްނެތް! 2008 ގައި މިތަނަށް ފާކުރެއްވީ ވިރިކަމަކާހެދީ! ފިރިހެންކުޅި، އަންހެންކުޅި، އެހެންދީންތައް މީނުންތޯ ކަލޭމެން ބޭނުންވާ ކަންކަން! މީ ސަބަބަކީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: