ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރުގަދަ ޓްވީޓްތަކަށް ފަހު މިނިސްޓަރ އިމްރާން “ގެއްލިއްޖެ” 

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުލައި މަހުގެ ކޮންމެ ދުވަހެއްގެ ޚަބަރުން ވެސް ފެންނަމުން ދިޔައީ ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ “ވަރަށް ވަރުގަދަ” ވާހަކަފުޅެއް ވިދާޅުވެގެން ނޫސްތަކުގެ ފަލަސުރުހީން ޖާގަ ހޯދަމުން ދިޔަ މަންޒަރެވެ.

ނަމަވެސް ފާއިތުވި އެއްހަފްތާ ދުވަހުގެ ތެރޭގައި އިމްރާން އެންމެ ޓްވީޓެއް ވެސް ނުކުރައްވައެވެ. އިމްރާން ވަނީ ޓްވިޓާ އިން “ގެއްލިފައެވެ.” ވީތަނެއް ވެސް ނޭންގެއެވެ.

އިމްރާންގެ ޓްވީޓްތަކުގެ ފޯރި ފެށުނީ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ. ސިޔާސީ ޓްވީޓެއް ނުކުރައްވައި ގިނަ ދުވަސްތަކަކު ހުންނެވުމަށްފަހު އެދުވަހު އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފުނޑެމުންދިޔަ އިސްލާމްދީނުގެ މަތިވެރި އުސޫލްތައް ނެގެހެއްޓުމަށްޓަކައި ކަމަށެވެ. އެޒިންމާ އަދާކުރުމުގައި އަދާލަތު ޕާޓީ ދެމިއޮންނާނެ ކަމަށް އެދުވަހު އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އެޓްވީޓާއި ގުޅިގެން ވަރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ނަމަވެސް އިމްރާން ހުންނެވީ ހުއްޓާލާ ގޮތަކަށް ނޫނެވެ. އެދުވަހު ދެވަނަ ޓްވީޓެއް ކުރައްވައި ރާއްޖޭގައި އިސްލާމްދީން އޮންނަނީ އަދާލަތު ޕާޓީގެ ސަބަބުން ކަމަށް ދޭހަވާގޮތައް ޓްވީޓެއް ކުރެއްވިއެވެ.

އެއްދުވަސް މެދަށް ދޫކުރުމަށްފަހު ޖެހިގެން އައި ތިން ދުވަހު ވެސް އިމްރާން ޓްވީޓް ކުރެއްވިއެވެ. އަނެއްކާވެސް މެދަށް އެއްދުވަސް ދޫކޮށް ޖުލައި 23 ވަނަ ދުވަހު ޓްވީޓެއް ކުރެއްވިއެވެ. އޭގެ ފަހުން މެދަށް އެއްދުވަސް ދޫކޮށް، ކޮންމެ ދެެދުވަހުން އެއްދުވަހު އިމްރާން ގެންދެވީ ޓްވީޓް ކުރައްވަމުންނެވެ.

އިމްރާންގެ މިފޯރިގަނޑުގެ ތެރޭގައި ޔޯގާ އާއި ގުޅޭ ގޮތުން ބޮޑު ދިރާސާއެއް ވެސް އަދާލަތު ޕާޓީން ނެރުނެވެ. އެއީ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ. ދިރާސާގެ ޓްވީޓް އިމްރާން ރީޓްވީޓް ކުރެއްވިއެވެ. ޖެހިގެން އަދި ދުވަހު އިމްރާން ކުރެއްވި ޓްވީޓްގައި އިޝާރާތް ކުރެއްވީ ރައީސް ނަޝީދު ރައީސް ސޯލިހްގެ މައްޗަށް ކުރި ހަތަރު ފޮޓޯ އާއި އަދި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށެވެ.

އޭގެ ފަހުން އިމްރާންގެ ޓްވީޓެއް ނާދެއެވެ. އިމްރާނަކީ ފުލުހުންގެ މުއައްސަސާ އަދި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އޮތް ގިނަ މުއައްސަސާތަކެއްގެ ބަލަދުވެރި ވަޒީރު ނަމަވެސް ރާއްޖޭގައި އަނިޔާވެރި މަރެއް ހިންގިތާ 24 ގަޑިއިރުވާން ދާއިރުވެސް އިމްރާންގެ އެއްވެސް ޚަބަރެއް ނުވެއެވެ. ޓްވީޓެއް ނުކުރައްވައެވެ. ނޫހަކަށް އިންޓަވިއުއެއް ނުދެއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސޭކު އަށް ލިބެމުން އައި ލާރިކޮޅު މަދުވެގެން ކުޑަކޮށް ތަޅުވާލީ ސޭކުގެ ފޫކޮޅު، އަނގަ ފިއްތާލާވަރަށް ސޯލިހު އަޅާލީމަ ހުއްޓާލީ، ވަގުންގެ ބައިގަނޑު ޤައުމު ދޮވެލައިފި، މުޅިދައުލަތުގަ ވަގުންނާއި އެއްޖިންސުލާ މީހުން ތިބީ، ބޮޑު މުސީބާތެއް މިއޮތީ ލައިގެންފަ، ހުރިހާ ނުބައިކަމެއް ކުރަމުން ސޯލިހަކަށް ސަލާމަތެއް ނުވެވޭނެ، ޒިންމާވާން ޖެހޭނީ ސޯލިހު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: