ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއުތިރާފު ބަޔާނަށް ބުރަނުވެ، ޝިއާގެ ގާތިލަށް ހައްގު އަދަބު ދޭން ޖެހޭ: ނަޝީދު

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލައިގައި އިތުރު މީހެއްގެ އިއުތިރާފު ބަޔާނަށް ބުރަނުވާ ރަނގަޅު ތަހްގީގެއްކޮށް، މިކަން ކުރި މީހުންނަށް ހައްގު އަދަބު ދޭންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މިކަމާއި ގުޅިގެން ކުރެއްވި ޓުވޓެއްގައެވެ.

ޓުވީޓުގައި ވަނީ މާލޭައި ޒުވާން އަންހެން ކުއްޖެއް ނުހަނު އަނިޔާވެރިކޮށް މަރާލައިފާވަނީ އެންމެންނަށް ސިހުން ލިބޭ މިންވަރަށްކަމަށެވެ. އަދި މި އަނިޔާވެރި އަމަލު ކުށްވެރިކުރާކަމަށާއި އިތުރު މީހެއްގެ އިއުތިރާފު ބަޔާނަށް ބުރަނުވާ ރަނގަޅު ތަހުގީގެއްކޮށް، މި އަމަލު ހިންގި މީހުންނަށް ހައްގު އަދަބު ދޭންޖެހޭކަމަށެވެ.

ޖިނާއީ އެކި ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް ވުމުގެ ފުރުސަތަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުޅުވިފައިވާ ދޮރެކެވެ. ކުށުގެ ތުހުމަތުކުރެވޭ މީހުންނާއި ދައުލަތާ ދެމެދު އެއްބަސްވުމަކަށް އައުމުން މައްސަލަތައް އަވަސްވެއެވެ. އަދި އޭގެ ސަބަބުން ދައުވާ ލިބޭ މީހާގެ ހުކުމަށް ބޮޑު ލުޔެއް ލިބެ އެވެ.

މި މަރާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް މާ ބޮޑު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އިއްޔެ މައްސަލައިގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުލުހުން ބުނީ ޝާހިލް މިހާތަނަށް ކުށަށް އިއުތިރާފުވެފައި ނުވާކަމަށެވެ. އަދި އޭނާ ހައްޔަރު ކުރި ވަގުތު ހުރީ މަސްތުގެ ހާލަތުގައިކަމަށް ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ބުނީ ޝިއާ މަރާލާފައި ވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާއި، އާއިލާގެ އެންމެ ބޮޑު އެދުމަކީ އަންހެން ކުއްޖާގެ ފޮޓޯތަކާއި، އަދި ކަށަވަރު ނުވާ ވާހަކަތައް ސޯޝަލް މީޑިއާގައި ނުދެއްކުން ކަމަށެވެ.

ޝިއާގެ މަރުގެ މައްސަލައިގައި އަލީ ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ.

ޝިއާގެ ހަށިގަނޑު ނައްތާލަން ނުވަތަ ފޮރުވަން ޝާހިލް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި މައުލޫމާތު އެނގޭ މީހުން ބުނެއެވެ.

ޝިއާގެ ހަށިގަނޑު އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ. ޝިއާގެ ޕޯސްޓްމޯޓަމެއް ހަދަން ފުލުހުން ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މަރުގެ އަދަބަބަކީ 25 އަހަރަށް ޖަލަ ކަމަށް ވާނަމަ އެއީ އަދަބެއް ކަމަށް ބަލާނުގެނެވޭނެ މަތީ ފަރާތުން ނިންމާފަ އިން ގޮތަށް އެކަން ކުރަން ޖެހޭނީ މީ އިސްލާމީ ގައުމެން އިގިރޭސީ ވިލާތެންނޫން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: