ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރިއާއި އެކު ގުޅުން ހިންގި ގިނަ ބައެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

ގިނަ އަދަދެއްގެ ދިވެހިންނާއި އެކު އެއްޖިންސުން ގުޅުން ހިންގައި އެ މީހުންގެ ވީޑިއޯތައް ނެގި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާން ބިދޭސީއެއްކަމަށް ވާ އެމްޑީ އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގިނަ ބައެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

މާލޭގެ ކުއްޔަށް ދޫކޮށްފައި ހުރި އެޕާޓްމެންޓުގައި އަލަމްގިރި އެކި މީހުންނާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވާން ފެށީ މީގެ ދޮޅު މަސް ކުރީންނެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފަށައި، އަލަމްގިރި ވެސް ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތުތައް އެ މީހުން މަސައްކަތް ކުރާ އިދާރާތްތަކަށް އަންގަމުންނެވެ. އަދި އެ ވީޑިއޯތައް އެނަލައިޒް ކުރުމަށް ފަހު، ހެކިތައް އެއް ކުރެވޭ މިންވަރަކުން ހައްޔަރުކޮށް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އައި މިދިޔަ މޭއި މަހުގެ ތެރޭގަ އެވެ. އެއްޖިންސުން ގުޅުން ހިންގައި، އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު އަލަމްގިރި އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށް ފުލުހުން ބުނެ އެވެ. އަދި މިހާތަނަށް މި މައްސަލައިގައި ތަފްސީލީ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.

އަލަމްގިރިއާއި އެކު ގުޅުން ހިންގައިގެން ބައެއް މީހުން ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ ދެ އޮފިސަރަކާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފެއްގެ އިތުރުން، ފުލުސް އޮފިސަރަކާއި، ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި އެމްއެންޑީއެފްގެ އޮފިސަރެއް އަދި މުދިމެއް އަދި ޓީޗަރުންތަކެއް ހިމެނެ އެވެ. އަދި ރޭގެ ވަގުތެއްގައި ލީކުވި ވީޑިއޯއިން ފެންނަ އެމްޑީޕީގެ އެކްޓިވިސްޓު އަދި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ މުޝީރު ރާފިއު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް އޭނާއާއި މެދު ފިޔަވަޅު އެޅީ ކޮން އިރަކުކަން ސަރުޅާރުން ނުބުނެ އެވެ. އޭނާގެ ވީޑިއޯ ލީކުވީއިރު ހުރީ ރާއްޖެއިން ބޭރުގައިކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ޕާސްޕޯޓު ހިފެހެއްޓި އިރު، ވީޑިއޯތައް ލީކުވި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރު ވެސް ވަނީ އެހެން މީހަކާއި އެކު ގުޅުން ހިންގާ ވީޑިއޯއެއް ލީކުވުމުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އަދި އިތުރު ބައެއް މީހުންގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފަ އެވެ. އެ މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ. މި މީހުންގެ ޕާސްޕޯޓު ހިފެހެއްޓި ސަބަބެއްކަމަށް ބެލެވެނީ، ރާއްޖެއިން ބޭރަށް ފިލައިގެން ގޮއްދާނެކަމުގެ ބިރު އޮތުމެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ދޫކޮށްލަމުން ދާކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި މި މައްސަލައިގައި ސިޔާސީ އެކި މީހުންނާއި، އެމްޑީޕީގެ އެކްޓިވިސްޓުން އަދި ސަރުކާރުގެ އިސްވެރިންތަކެއްގެ ދަރީން ހިމެނޭކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. ރައީސް ނަޝީދު ވެސް ވަނީ، ސަރުކާރުން ވަކި ބައެއްގެ މައްސަލަތައް ނުބަލައި ދޫކޮށްލާފައިވާކަމުގެ ތުހުމަތު ކުރައްވާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: