ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. އިޔާޒް އަލުން ގައުމީ ޔުނިވާސިޓީގެ ވަޒީފާއަށް!

ޑރ. އިޔާޒް ވަޒީފާއަށް ނިކުތުމުންޒއިދު މަރުހަބާ ވިދާޅުވަނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ ޔުނިވާސިޓީ އެމްއެންޔޫގެ އެސިސްޓެންޓު ޕްރޮފެސަރެއްގެ މަގާމުން ވަކި ކުރި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފަށް އަނެއްކާވެސް އަލުން އެ މަގާމު ދީފި އެވެ.

ވަޒީފާއިން ވަކި މައްސަލަ ޓްރައިބިއުނަލްއަށް ހުށަހެޅުމުން މައްސަލަ ނިމުނީ ޑރ. އިޔާޒާއި އެއްކޮޅަށެވެ.

ފެކަލްޓީ އޮފް ޝަރީއާރ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރ އަދި ސީނިއާރ ލެކްޗަރާކަން އަދާ ކުރަމުން ދަނިކޮށް އެމްއެންޔޫގެ ވަޒީފާއިން ޑރ. އިޔާޒް ވަކި ކުރީ 2021، ޖުލައި 01 ގަ އެވެ. އެނާ މަގާމުން ވަކި ކުރީ ސޯޝަލް މީޑިއާގައި އާއްމު ކުރާ ޕޯސްޓުތަކަށް ތަފާތު އެކި ފަހަރު މަތީން ނަސޭހަތް ދީ، އިންޒާރުގެ ލިޔުންތައް ދިނުމުން ވެސް އެކަން އިސްލާހު ނުކުރުމުންނެވެ. ވަޒީފާއިން ވަކި ކުރުމުގެ ކުރިން އޭނާ ސަސްޕެންޑު ވެސް ކުރި އެވެ.

ޑރ. އިޔާޒް މަގާމުން ވަކި ކުރި ދުވަސް ވަރު ދިމާވީ، އަންހެން ކުދިން ޅަ އުމުރުގައި ހިތާނު ކުރަން ޖެހޭކަމަށް ބުނެ އެކަމަށް ހިތްވަރު ދީ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އިޔާޒް ވަނީ އަންހެން ކުދިން ހިތާނު ކުރަން ޖެހޭކަމަށް ބުނެ ގިނަ ޓުވީޓުތަކެއް ކުރައްވާފަ އެވެ. އެ މައްސަލައިގައި އޭނާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ. އަދި ބައެއް އެހެން ދީނީ އިލްމުވެރިން ވަނީ ޑރ. އިޔާޒަށް ރައްދު ދީ، އަންހެން ކުދިން ހިތާނު ކުރުމުން، ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވާކަން ފާހަގަކޮށްފަ އެވެ. އަދި އެއީ އިސްލާމް ދީން ހުއްދަ ކުރާކަމެއް ނޫންކަމަށް ބުންޏެވެ.

ތަކުރާރުކޮށް އެފަފަ ޓުވީޓުތަކެއް ކުރަން ފެށުމުން އާއްމުންގެ ގިނަ ބަޔަކު ދިޔައީ ގައުމީ ޔުނިވާސިޓީގައި މުދައްރިސެއްގެ ގޮތުގައި އެފަދަ މީހަކަށް ނުހުރެެވޭނެކަމަށް ބުނަމުންނެވެ. އެހެންވެ އެނާ މަގާމުން ވަކި ކުރީ އެވެ. މައްސަލަ ވަޒީފާއާއި ބެހޭ ޓްރަބިއުނަލްއަށް ހުށަހެޅުމުން އެ އިދާރާއިން ނިންމީ ޑރ. އިޔާޒް މަގާމުން ވަކި ކުރީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށްކަމަށެވެ. އަދި އިޔާޒް މަގާމުން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުން އިޔާދަކޮށް، އެނާއަށް މިދިޔަ މުއްދަތުގެ ތެރޭގައި ލިބެން ޖެހޭ މުސާރަ ހަމަޖެއްސުމަށް އެންގި އެވެ.

މައްސަލައިގައި އެމްއެންޔޫއިން ބުނީ ޑރ. އިޔާޒް ވަކި ކުރީ އޭނާގެ ޓުވީޓުތަކުގެ ސަބަބުން ޔުނިވާސިޓީގެ ތަސައްވަރަށް ގެއްލުންތަކެއް ލިބޭތީ އެވެ. ނަމަވެސް ޑރ. އިޔާޒް އެ ތުހުމަތުތައް ދޮގު ކުރެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: