ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ހާލަތު ނުބައި ކުރީ އަމިއްލައަށް، އެކަން އިސްލާހު ކުރަން ބޭނުން މީހެއް ނެތް: އިމްރާން

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގެ ހާލަތު ރަނގަޅުވާނީވެސް، ނުވަތަ ނުބައިވާނީވެސް އެބަޔަކު އަމިއްލައަށް ހާލަތު ބަދަލުކުރުމުންކަމަށް ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ގިނަ ދުވަސްތަކަށް ފަހު އަނެއްކާވެސް މިއަދު ޓުވީޓެއް ކުރައްވައި އިމްރާން ވިދާޅުވީ، ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހު ކުރަން ހުރި ކަންކަން ވަރަށް ގިނަކަމަށެވެ. ނަމަވެސް ހަގީގަތުގައި އެކަންތައްތައް އިސްލާހު ކުރަން މަސައްކަތް ކުރަނީ ކޮން ބައެއްތޯ އިމްރާން ވަނީ ސުވާލުކުރައްވާފަ އެވެ.

އިމްރާނަކީ ފުލުހުންގެ މުއައްސަސާ އަދި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އޮތް ގިނަ މުއައްސަސާތަކެއްގެ ބަލަދުވެރި ވަޒީރެވެ. އެހެންކަމުން މިކަންކަމުގެ ޒިންމާ ނަގާ އިސްލާހު ކުރަން ޒިންމާމަތިވެފައިވާ ބޭފުޅަކީ އިމްރާންކަމަށް ގިނަ ބަޔަކު ފާހަގަކުރައްވަ އެވެ.

އޭނާ މިފަދައިން ޓުވީޓު ކުރުމުގެ ސަބަބެއްކަމުގައި ދާދި ފަހު ހިގައި ދިޔަ މަރުގެ ހާދިސާކަމުގައި ބެލެވެއެވެ. މަރު ހިގައިދިޔަތާ 24 ގަޑިއިރަށްވުރެ ގިނަ އިރުވީއިރުވެސް ހޯމް މިނިސްޓާ އިމްރާން އަބްދުﷲ އެއްވެސް އެއްޗެއް ވިދާޅުނުވުމުގެ ސަބަބުން އިމްރާނަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: