ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ގާނޫނުތައް އެބަހުރި، ނެތީ ތަންފީޒު ކުރުމުގެ އިހުލާސްތެރިކަމެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި ކުށްތައް އާންމުވެގެންގޮސްފައިވަނީ، ވެރިކަން ކުރަމުންދާ ފަރާތްތަކުގެ އިޚުލާސްތެރިކަން ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލިވާތު ކުރުން ފަދަ ބޮޑެތި ކުށްތަކަަށް އަރައިގަތުން ދިވެހި މުޖުތަމައުގެ ތެރޭގައި އާންމުވެގޮސްފައިވާކަން ހާމަވެ، މުޅި ރާއްޖެ ސިއްސުވާލާހާ އަނިޔާވެރި ގޮތަކަށް ޒުވާން އަންހަނަކު މަރާލެވިފައިވާ ދަނޑިވަޅެއްގައި، ދިވެހިރާއްޖޭގެ މުޖުތަމަައުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަމަށް އިޝާރާތްކުރައްވާ، ޝިޔާމް ވިދާޅުވީ، ދިވެހި މުޖުތަމައުގެ ތެރޭގައި ބޮޑެތި ކުށްތަކަށް އަރައިގަތުން އާންމުވެފައިވަނީ، އެކަން ކަމާއި ދެކޮޅަށް ހަރުކަށި ގާނޫނުތަކެއް ނެތިގެން ނޫންކަމަށެވެ.

ބޮޑެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމަށްޓަކައި ހަރުކަށި ގާނޫނުތައް ހެދިފައިވާކަމަށް އިޝާރާތްކުރައްވާ ޝިޔާމް ވިދާޅުވީ، ކުށްތަކަށް އަރައިގަތުން އާންމުވެފައިވާ ސަބަބަކީ، ވެރިކަން ކުރަމުންދާ ފަރާތްތަކުގެ އިޚްލާސްތެރިކަމެއް ނެތުންކަމަށެވެ. އަދި ތަހުގީގީ އިދާރާތަކުން ފެށިގެން އިންސާފު ގާއިމު ކުރުމަށް ފަރުމާ ކުރެވިފައިވާ މުޅި ނިޒާމުވަނީ ކޮރަޕްޓު ވެފައިކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިންސާފު ގާއިމު ކުރުމަށް ފަރުމާ ކުރެވިފައިވާ ނިޒާމުވަނީ ކޮރަޕްޓު ވެފަައިކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ތަހުގީގު މަރުހަލާތެރެއިން ހޯދާ ހެކި ތަކާއި، ހެކި ހޯދަމުންދާ ގޮތާއި، އެ ހެކީގެ ޗެއިން އޮފް ކަސްޓަޑީވެސް އެއްވެސް އިރެއްގައި ފުރިހަމަ ނުކުރެވޭކަމަށެވެ. އަދި މިހާރު ދިވެހިރާއްޖޭގައި ފެންމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އޮތް ހައްލަކީ، އިސްލާމީ ޝަރީއަތް ގާއިމު ކުރުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: